ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 19:44
ލަނޑު ޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅުކުރަނީ
ލަނޑު ޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅުކުރަނީ
ރޮއިޓާސް
ފްރެންޗް ލީގު
އެމްބާޕޭގެ ދެ ލަނޑާއެކު ޕީއެސްޖީން ލިޔޯން ބަލިކޮށްފި
 
ޕީއެސްޖީން މެޗު ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުން

ފްރެންޗް ލީގުގައި އާދިއްތަ ދުވަހުގެރޭ އެމްބާޕޭގެ ދެ ލަނޑާއެކު ޕީއެސްޖީން ލިޔޯން ބަލިކޮށްފިއެވެ.

ޕީއެސްޖީން މެޗު ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ. މި ބޮޑު ބައްކާއެކު ލިޔޯންގެ ކޯޗު، ލޯރެންޓް ބްލޭންކަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.

މެޗުގެ ހަތަރުވަނަ މިނެޓުގައި އޭރިއާ ތެރެއިން ޕީއެސްޖީގެ މެނުއަލް އުގާޓޭއަށް ލިޔޯންގެ ކޮރެންޓިން ޓޮލީސޯ ކުރި ފައުލަކާ ގުޅިގެން ޕީއެސްޖީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ޕީއެސްޖީއަށް ކުރިހޯދައިދިނީ އެމްބާޕޭއެވެ.

ޕީއެސްޖީން ވަނީ ފުރަތަމަ ހާފުގައި އިތުރު ތިން ލަނޑު ޖަހައި ހަތަރު ލަނޑުގެ ފަރަގެއް ހޯދާފައެވެ. އެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެމްބާޕޭގެ އިތުރުން އަޝްރަފް ހަކީމީއާއި މާކޯ އަސެންސިއޯއެވެ. މިއީ 1966 ވަނަ އަހަރުގެ ފަހުން، ފުރަތަމަ ހާފުގައި ލިޔޯން ކޮޅަށް ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ލިޔޯންގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޓޮލީސޯއެވެ. އެމްބާޕޭ ވަނީ ޓީމާ ޖެހުނު މައްސަލަތަކަށްފަހު އެނބުރި އައިސް ތިން މެޗުގައި ފަސް ލަނޑު ޖަހާފައެވެ.

މޮ މޮޅާއެކު ޕީއެސްޖީ ވަނީ އަށް ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ހަތަރު މެޗު ކުޅުނުއިރު، އަދި މިހާތަނަށް މެޗަކުން ބަލިވެފައެއް ނުވެއެވެ. 10 ޕޮއިންޓާއެކު އެއްވަނާގައި އޮތީ ރަނގަޅު ފޯމެއްގައި އޮތް މޮނާކޯއެވެ. ލިޔޯން އޮތީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް