ކ. މާލެ
|
3 ސެޕްޓެންބަރ 2023 | އާދީއްތަ 19:42
ހެރީ ކޭން
ހެރީ ކޭން
ރޮއިޓާރސް
ހެރީ ކޭން
ކޭން ބަޔާންއަށް ދިޔުމުން އިންގްލެންޑަށް ފައިދާވާނެ: ސައުތުގޭޓް
 
ކޭންއަކީ އިންގްލެންޑަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން، ބަޔާން މިޔުނިކަށް ބަދަލުވުމުން ގައުމީ ޓީމަށް ފައިދާ ވާނެކަމަށް އިންގްލެންޑް ގައުމީ ޓީމުގެ ކޯޗު، ގެރެތު ސައުތުގޭޓް ބުނެފިއެވެ.

އުމުރުން 30 އަހަރުގެ ފޯވާޑް، ޓޮޓެންހަމުން ބަޔާންއަށް ބަދަލުވީ މި ހޫނުމޫސުމުގައެވެ. އިންގްލެންޑަށް 84 މެޗު ކުޅެ، 58 ލަނޑާއެކު، ކޭންއަކީ އިންގްލެންޑަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.

ސައުތުގޭޓް ބުނީ އިންގްލެންޑާ ދޭތެރޭ ވިސްނާނަމަ، ކޭންގެ ބަދަލުވުމަކީ ފައިދާހުރި ކަމެއް ކަމަށާއި، ޕޮޒިޓިވް ވަރަށް ގިނަ ކަންތައްތައް ހިމެނޭ ކަމަށެވެ. އޭގެތެރޭގައި، އައު ކްލަބެއްގައި ކޭންގެ ހުނަރު ދައްކައި، އައު ކުޅުންތެރިންނާއި ސްޓާފުންގެ އިތުރުން އައު ސަޕޯޓަރުން "އިމްޕްރެސް" ކުރަން ޖެހުން ހިމެނޭ ކަމަށް ސައުތުގޭޓް ބުންޏެވެ.

ޓޮޓެންހަމްގެ އެކަޑަމީއާ ގުޅުމަށްފަހު، 2004 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމަޔަށް ކޭން ހުރީ ޓޮޓެންހަމާއެކުއެވެ. ނަމަވެސް، އޭނާއަށް ޓޮޓެންހަމާއެކު އެއްވެސް މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލާއި، ލީގު ކަޕުގެ ފައިނަލުން ދެފަހަރު ބަލިވިއިރުވެސް ކޭންއަކީ ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އޭނާ ބަޔާންއަށް ބަދަލުވީ 86.4 މިލިއަން ޕައުންޑަށެވެ.

ބަޔާންއާއެކު ލީގު ކާމިޔާބުކޮށް، ކޭންއަށް ފުރަތަމަ ފަހަރަށް މުބާރާތެއް ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ. ސައުތުގޭޓް ބުނީ، ކޭން އިތުރަށް މޮޅުވާނެކަމުގެ ޔަގީންކަމެއް ނެތް ނަމަވެސް، އޭނާގެ މެންޓަލިޓީއާ ކޮންފިޑެންސަށް ބަދަލު އައިސް، އެކަމުގެ ސަބަބުން އިންގްލެންޑަށް ފައިދާވާނެ ކަމަށެވެ.

މި މަހުގެ ނުވަވަނަ ދުވަހު ޔޫރޯ ކޮލިފައިންގައި ޔޫކްރެއިނާ ދެކޮޅަށް އިންގްލެންޑް ކުޅޭނެއެވެ. އެއަށްފަހު 12 ވަނަ ދުވަހު ސްކޮޓްލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް