Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 23:35
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
ރާއްޖެ އެމްވީ
ފަލަ ސުރުޚީ
ގާސިމްގެ ސިއްހީ ހާލަތު ވަރަށް ސީރިއަސް، ދުއާ ކޮށްދެއްވާ:ސަމީރު
ޤާސިމްގެ ހިތުގެ ޓެސްޓް ތަކެއް ހަދަން ޖެހޭ. އެއީ ރާއްޖެއިން ހެދޭ ޓެސްޓް ތަކެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ސިއްޙީ ހާލަތު ވަރަށް ސީރިއަސް ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިހެން ވިދާޅުވީ ރާއްޖެ ޓީވީން އަންގާރަ ދުވަހުގެ ރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ގާސިމަކީ ދާއިމީ ބައްޔަކަށް ބޭސް ކުރައްވަމުން ގެންދަަވާ ބޭފުޅެއް ކަމަށާއި ޢާއްމުގޮތެއްގައި ޤާސިމްގެ ސިއްހީ ހާލަތު ބައްލަވަމުން ގެންދަވަނީ ޖަރުމަނު ވިލާތުގެ ޑޮކްޓަރުންގެ ޓީމަކުން ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ. ދޭތެރެ ދޭތެރެއިން ޓެސްޓްތައް ހައްދަވާ ކަމަށާއި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ސަމީރު ވިދާޅުވިއެވެ.

މިވަގުތު އާލާސްކަންފުޅު ބޮޑުވެ އޭޑީކޭ އައިސީޔޫގައި ފަރުވާ ހޯއްދަވާން ޖެހިވަޑައިގެންފައިވަނީ ސަމީރު ވިދާޅުވި ގޮތުގައި ދާދިފަހުން ނުހައްޤުން ޤާސިމް އިބްރާހީމް ހައްޔަރުކޮށް ދޫނިދޫ ގޮޅީގައި ގެންގުޅުއްވި ގޮތުން ކަމަށެވެ. ގާސިމްގެ އާލާސްކަންފުޅު ވަރަށް ސީރިއަސް ކަމަށާއި ގާސިމަށް ދުވާކޮށްދެއްވުމަށް ސަމީރު އެދިވަޑައިގެންނެވި އެވެ. 

ސަމީރު ވިދާޅުވީ ޤާސިމް 15 ދުވަސްވަންދެން ދޫނިދޫގައި އޮންނަވަން ޖެހިވަޑައިގެންނެވި ގޮޅިއަކީ އިންސާނުން ބައިތިއްބަން ހެޔޮވާވަރުގެ ގޮޅިއެއް ނޫން ކަމަށާއި ދުވާލު ހަތަރުދަމު ގަދަ ހޫނުވާގޮތަށް އެގޮޅި ހުންނައިރު ކިރިޔާވެސް ފިނިކަމެއް ލިބި އަވަހާރަފުޅު ލެއްޕެވެނީ ފަތިސްވާން ކައިރިވާ ފަހުން ކަމަށެވެ. އަދި ކުރަފި ފަދަ އެކިވައްތަރުގެ ސޫފާ ސޫފިވެސް އެތާ އެތެރޭގައި އިންތިހާއަށް އުޅޭ ކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އާލާސްކަންފުޅު ގޯސްވީ ކުއްލިއަކަށް ކަމަށާއި ވަގުތުން މެޑިކާ ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން ދިޔަކަމަށެވެ. ނަމަވެސް މެޑިކާ ހޮސްޕިޓަލުގެ ޑޮކްޓަރުން ދެއްވި ލަފާގެ މަތިން ބޭރަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތް ބޭކާރުވެފައިވަނީ ސަރުކާރުން އެކަމަށް ހުރަސްއަޅައި ޕާސްޕޯޓް ހިފެހެއްޓުމުން ކަމަށެވެ.

ސަމީރު ވިދާޅުވީ ޤާސިމަށް މިވަގުތުވެސް ދަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން ކަމަށާއި އެމަނިކުފާނުގެ ހިތުގެ ޓެސްޓް ތަކެއް ކުރެއްވުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެޓެސްޓް ތަކަކީ ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ގާސިމް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ކްރިމިނަލް ކޯޓްގެ ހުއްދައަށް ދެ ސިޓީ ފޮނުވާފައިވާއިރު، އެ ސިޓީތަކަށް ޖަވާބު ދެއްވާފައި ނެތް ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
19 ޖުލައި 2017 | ބުދަ 10:00
ބޭބެ
މުހުރުރިހާ ކަމަކީ އެމ.ޑީ.ޕީ.ސަރުކާރު ވައްޓާލީ މައުމޫނު، ޤާސިމު، ޢުމަރު ނަޞީރު، ޢަބްދުﷲ ރިޔާޒް، ކާނަލް ނާޒިމް، ޔާމީނު އާއި ގުޅިގެން ގެނައި ބަޣާވާތަކުން ކަމަށް ފާޅުގާބުނެ ޤާސިމުގެ އަރިހުގައާއި ދުރުގާތިބި ދުޝްމަނުން ރާވާގެން ހިންގަމުން ގެންދާ ޖަރީމާ ތަކުގެ ނަތީޖާ އޮނަރަބުލް ޤާސިމަކީ ނިކަމެތިން ދެކެ އިންތިހާޔަށް ލޯބިފުޅުވާ ނިކަމެތި ރައްޔިތުންނަށް ދީލަތި އެތަކެއް އެހީއެއްވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އޯގާތެރިޔެއް ޔާﷲ ޤާސިމަށް އަވަސް ޝިފާއެއްމިންވަރު ކުރައްވާދޭވެ. އަދި ދުޝްމަނުންނާއި ރަޙްމަތްތެރިން އެމަނިކުފާނަށް ހާމަކޮށްދެއްވައި އިބަ ﷲ ނަހީކުރެއްވިހާކަމަކުން އެމިނިކުފާނު ރައްކާދެރިކުރައްވާނދޭވެ. އާމީން.
19 ޖުލައި 2017 | ބުދަ 06:39
ޙައަޤު
ފިރުޢަޢުނުގެ ވެރިކަންވެސް ނިމިގެން ދިޔައީ ވަރައް ހިތިކޮށް މި މިނިމެނީ