ކ. މާލެ
|
2 ސެޕްޓެންބަރ 2023 | ހޮނިހިރު 18:00
ސިންގަޕޫރުގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވާ ތާމަން ޝަންމުގަރަތުނަމްގެ ދެކަނބަލުން
ސިންގަޕޫރުގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވާ ތާމަން ޝަންމުގަރަތުނަމްގެ ދެކަނބަލުން
ގެޓީ އިމޭޖަސް
ސިންގަޕޫރުގެ އައު ރައީސް
ސިންގަޕޫރުގައި އައު ރައީސެއް ހޮވައިފި
ޝަންމުގަރަތުނަމަކީ އެންމެ "ޕޮޕިއުލަރ" އެއް ޕޮލިޓީޝަން

ސިންގަޕޫގައި ދެން ރައީސްކަން ކުރައްވާނެ ބޭފުޅާ އެގައުމުގެ ރައްޔިތުން އިޚްތިޔާރު ކޮށްފިއެވެ. ހުކުރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވޯޓުގެ 70.4 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވައިގެން އެމަގާމް ކަށަވަރު ކުރައްވާފައިވަނީ އެގައުމުގެ ޑެޕިއުޓީ ޕްރައިމިނިސްޓަރުކަން ވެސް ކުރިން ކުރައްވާފައިވާ ކުރީގެ އެންމެ އިސް މިނިސްޓަރު، ތާމަން ޝަންމުގަރަތުނަމެވެ. ހުކުރު ދުވަހުގެ އިންތިޚާބަކީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ވާދަކޮށްގެން ރައީސަކު ހޮވަން ބޭއްވި ފުރަތަމަ އިންތިޚާބެވެ.

ތާމަންއަކީ ސިންގަޕޫރުގެ ސިޔާސީ މައިދާނުގައި އަބަދުވެސް "ފްރަންޓް ރަނަރ" އެކެވެ. ދޫފުޅު ހެލޭ، ވިސްނުންފުޅު ތޫނު، އަދި ތަހުޒީބު އާދަތަކެއް ގެންގުޅުއްވާ ޝަންމުގަރަތުނަމަކީ ސިންގަޕޫރުގެ ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އެންމެ "ޕޮޕިއުލަރ" އެއް ޕޮލިޓީޝަނެވެ.

ސިންގަޕޫރުގައި ރައީސްގެ މަގާމަކީ ރަމްޒީ މަގާމެކެވެ. އެހެންކަމުން ސިޔާސީގޮތުން ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ ގާބިލުކަން ހުރި ބޭފުޅަކު މިފަދަ ރަމްޒީ މަގާމަކަށް ކުރިމަތިލެއްވުމަކީ އެއްބަޔަކަށް އެހާ ކަމުދާ ކަމަކަށް ނުވިއެވެ.

އައު ރައީސް ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.      

- ކޮމެންޓް