ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 07:33
މާލެ އަށް ބޯކޮށް ވާރޭވެހެނީ
މާލެ އަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި
ހުކުރު ދުވަހުގެ ހެނދުނު 6:20ން ހެނދުނު 9:00 އާއި ހަމައަށް ކ އަތޮޅުން ފެށިގެން ލ އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފައި

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހުކުރު ދުވަހުގެ ހެނދުނު 6ން މެންދުރު 12 ޖެހުމާ ހަމައަށް މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ވަނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައެވެ.

މީގެ އިތުރުން، ހުކުރު ދުވަހުގެ ހެނދުނު 6:20ން ހެނދުނު 9:00 އާއި ހަމައަށް ކ އަތޮޅުން ފެށިގެން ލ އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ބުނީ، ބޯކޮށް ވާރޭވެހުމާއެކު އެ ސަރަހައްދަށް ގުގުރާނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

- ކޮމެންޓް