ކ. މާލެ
|
30 އޯގަސްޓް 2023 | ބުދަ 23:45
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވާހަކަދައްކަވަނީ
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވާހަކަދައްކަވަނީ
އެމްޑީޕީ
ތިނަދޫ ތަރައްގީކުރުން
ތިނަދޫގެ ޓްރާންޝިޕްމަންޓް ބަނދަރާއެކު އެސަރަހައްދުގެ ފަތުރުވެރިކަން ކުރިއަރާނެ: ސިޔާމް
ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރެވޭނެ
ދުނިޔޭގެ އެކި ގައުމުތަކުގެ ފްލައިޓްތައް މިއެއާޕޯޓަށް ޖެއްސިގެންދާނެ

ތިނަދޫ ސިޓީގައި އަޅަމުންދާ ޓްރާންޝިޕްމަންޓް ބަނދަރު ނިމި ޚިދުމަތް ދޭން ފެށުމުން އެސަރަހައްދުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ އުފާވެރި އަމާންރާއްޖެ ޖަލްސާގައި ސިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މި އިގްތިސާދަށް ބޮޑު ހެޔޮ ބަދަލު ގެންނަނީ، އެއް ގުނަ، ދެ ގުނަ، ތިން ގުނަ ވާ ގޮތަށް ކަމަށެވެ. ރާއްޖޭގައި މިއަންނަ ތާރީހީ ބޮޑު ބަދަލަކީ މި ދިވެހި ތާރީހުގައި މިހާތަނަށް އައިސްފައިވާ އެންމެ ބޮޑު ހެޔޮ ބަދަލުކަން ސިޔާމް ފާހަގަކުރެއްވިއެވެ. ސިޔާމް ވިދާޅުވީ އަބަދުވެސް ސަރުކާރުތަކުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި އޮތް ފަގީރުކަން ނައްތާލައި، ރައްޔިތުންނަށް ކުރިމަތިވެފައިވާ އުދަނގޫތަކުން ސަލާމަތް ކުރަމަށް ކަމަށެވެ. އެންމެ ކާމިޔާބު ބޮޑުކޮށް، ރައްޔިތުން އެދޭ އުފާވެރިކަމާއި، އަމާން ރާއްޖެއެއް ގެނެސްދެއްވީ ރައީސް ޞާލިހު ކަމަށް ސިޔާމް ވިދާޅުވިއެވެ.

ތިނަދޫ ސިޓީގެ ތަރައްގީއަށް އިޝާރާތް ކުރައްވައި ސިޔާމް ވިދާޅުވީ އެ ސިޓީގައި މިހާރު އެ އަޅަމުންދާ ޓްރާންޝިޕްމަންޓް ބަނދަރު ނިމުމާއެކު، އެތަނަށް ބޭރުގެ ބޯޓުތައް އަންނާނެ ކަމަށާއި، މުދާ ބޭރަށް ފޮނުވޭނެ ކަމަށެވެ. މިއާއެކު ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރެވި ދުނިޔޭގެ އެކި ގައުމުތަކުގެ ފްލައިޓްތައް އެ އެއާޕޯޓަށް ޖެއްސިގެންދާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއާއެކު ފަތުރުވެރިކަން ވެސް އެތައް ގުނައަކުން ފުޅާވެ ކުރިއަރައިގެންދާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހް މި އިގްތިސާދީ ބޮޑު ހެޔޮ ބަދަލު އެ ގެންނަނީ، އެއް ގުނަ، ދެ ގުނަ، ތިން ގުނަ ވާ ގޮތަށް. މި ސިޓީގަ މިހާރު އެ އަޅަމުންދާ ޓްރާންޝިޕްމަންޓް ބަނދަރު ނިމި، މިތަނަށް ބޭރުގެ ބޯޓުތައް އައިސް، މުދާ ބާލާ، މުދާ ބޭރަށް ފޮނުވުމާއި އެއްކޮށް އަދި މިތަނުގެ ފަތުރުވެރިކަން ކުރިއަރައިގެން ގޮސް މީ ކައިރީގަ އޮތް ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ވުމާއި އެއްކޮށް ރާއްޖެ އަށް ސީދާ މިތަނަށް ދުނިޔޭގެ އެކި ގައުމުތަކުން ފްލައިޓްތައް އަންނާނެ. އެކި ގައުމު ތަކުން މިތަނަށް ޓުއަރިސްޓުން އަންނާނެ. އޭގެ ސަބަބުން އިގްތިސާދު 10 ގުނައަށް މި ގދ ގަ އިތުރުވެގެންދާނެ.
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް

ސިޔާމް ވިދާޅުވީ އުފާވެރިއަމާން ރާއްޖެއަށް ދިއުމަށް ރައީސް ޞާލިހު ދެވަނަ ދައުރަށް އިންތިޚާބު ކުރަންޖެހޭ ކަމަށެވެ. އަދި އިގްތިސާދު ކުރިއަރުވައި ފަތުރުވެރިކަން މުޅި ރާއްޖޭގައި ކުރިއެރުވޭނީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބުކުރެވިގެން ކަމަށް ސިޔާމް ވިދާޅުވިއެވެ.

- ކޮމެންޓް