ކ. މާލެ
|
30 އޯގަސްޓް 2023 | ބުދަ 23:10
ތިނަދޫ ސިޓީ ކައުންސިލްގެ ރައީސް ސައުދު އަލީ ވާހަކަދައްކަވަނީ
ތިނަދޫ ސިޓީ ކައުންސިލްގެ ރައީސް ސައުދު އަލީ ވާހަކަދައްކަވަނީ
އެމްޑީޕީ
ތިނަދޫގެ ތަރައްގީ
ތިނަދޫ ސިޓީއަށް މުސްތަގުބަލެއް ނެތް ކެންޑިޑޭޓެއް އައިސް ރައްޔިތުން މޮޔަ ހެއްދުމުން ހިތާމަކުރަން: ސައުދު
ރައީސް ސާލިހަށް ހުވަދޫއަތޮޅުން ބޮޑު އަގުލަބިއްޔަތެއް ލިބޭނެ
ހަމައެކަނި ރައްޔިތުން ހެވާއި ލާބަޔަށް މަސައްކަތް ކުރައްވާ ކެންޑިޑޭޓަކީ ރައީސް ސާލިހު
ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓަށް ތިނަދޫއާ ދޭތެރޭގައި ތަސައްވުރެއް އޮތީ ކިހައި މިންވަރަކަށް ކަމެއް ނޭނގޭ

ތިނަދޫ ސިޓީއަށް މުސްތަގުބަލެއް ނެތް ކެންޑިޑޭޓެއް އައިސް ރައްޔިތުން މޮޔަ ހެއްދުމުން ހިތާމަ ކުރާ ކަމަށް އެސިޓީ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ތިނަދޫ ސިޓީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ސައުދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއް ތިނަދޫއަށް އައިސް ޕީޕީއެމް/ޕީއެންސީގެ މަދު ބަޔަކު މޮޔަ ހެއްދި ކަމަށެވެ. އެ ކެންޑީޑޭޓަށް ކުރަން މިއުޅޭ ކަމެއް, ކުރަން ވައުދުވީ ކޮންކަމެއްކަން ސާފުނުވާ ކަމަށާއި، ތިނަދޫއާ ދޭތެރޭގައި ތަސައްވުރެއް އޮތީ ކިހައި މިންވަރަކަށް ކަމެއް ނޭނގޭ ކަމަށް ސައުދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް އިޝާރާތް ކުރައްވައި ސައުދު ވިދާޅުވީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށާއި، ހުވަދޫއަތޮޅުން ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމަށެވެ. އެއީ ސަބަބެއް ނެތި ނޫން ކަމަށާއި، ހަމައެކަނި ރައްޔިތުން ހެވާއި ލާބަޔަށް މަސައްކަތް ކުރައްވާ ކެންޑިޑޭޓަކީ ރައީސް ސާލިހު ކަމަށް ސައުދު ވިދާޅުވިއެވެ.

ތިނަދޫގެ މުސްތަގުބަލެއް ނެތް ކެންޑިޑޭޓަކު ތިނަދޫއަށް އައިސް އެތައް ބަޔަކު މޮޔަ ހެއްދީމަ އަޅުގަނޑު ވަރަށް ހިތާމަކުރަން. ރަށުގެ ވެރިއެއްގެ ހައިސިއްޔަތުން އެފަދަ ކަމެއް ކުރީތީވެ އެއީ އެބޭފުޅާ ކުރި ވަރަށް ވިޔާނުދާ ކަމެއް. ނަމަވެސް އަޅުގަނޑުމެންގެ ކެންޑިޑޭޓު ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށެއްގައި ތަސައްވުރަކާއެކު ތަރައްގީގެ މަޝްރޫއުތަކާއެކު ސިޔާސީ ކެންޕޭން ގައި ދަތުރުކުރަމުންދާއިރު އެކަމާއި ހަސަދަވެރިވާ އެތައް ފަރާތްތަކެއް އުޅޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން.
ކައުންސިލްގެ ރައީސް ސައުދު އަލީ

ކުރީ ސަރުކާރުތަކުން ހިންގާފައިވާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި ސައުދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭ ކަމަށާއި، 200 ފެލްޓް އަޅަން ޕްލޭން ކުރި ނަމަވެސް ރައްޔިތުންނަށް ލިިބިގެންދިޔައީ 100 ފްލެޓް ކަމަށެވެ. އަދި އަނެއް 100 ފްލެޓް ދިޔައީ ހުޅުމާލެއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ ތިނާދޫގައި އިމާރާތްކުރި އިސްލާމީ މަރުކަޒަށް ވާރޭ ވެހޭނަމަ ފެންފައިބާނެ ކަމަށާއި، މިއުޒިޔަމް ޕާކެއް ތަރައްގީކުރުމަށްފަހު ކައުންސިލްއާ ހަވާލުކޮށްފައިވަނީ މަރާމާތުކުރެވޭނެ ގޮތެއް ނެތި ކަމަށެވެ. މިއަދު އެޕާކު ވެސް ހަލާކުވެފައިވާ ކަމަށާއި، މާރާމާތު ކުރުމަށް ދެގުނަ ހަރަދުދާކަން ސައުދު ފާހަގަކުރެއްވިއެވެ.

ސައުދު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ އެކަމުން ރައްޔިތުންނަށް ފަައިދާނުވާނެ ގޮތަށް އަނިޔާވެރި ގޮތަކަށް ކަމަށެވެ. އަދި ބޮޑު ހޭދައެއްކުރި ނަމަވެސް ތިނަދޫގައި ފެން ބޮޑުވާ މައްސަލައަށް ވެސް ދާއިމީ ހައްލެއް ގެނެސްދިނީ މިސަރުކާރުން ކަމަށް ސައުދު ވިދާޅުވިއެވެ.

- ކޮމެންޓް