ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 15:46
ދުންޔާ ޓްވީޓްކުރެއްވި އާއިލީ ފޮޓޯ
ދުންޔާ ޓްވީޓްކުރެއްވި އާއިލީ ފޮޓޯ
ޓްވިޓަރ
ދުންޔާ މައުމޫނު
ފާރިސް ހައްޔަރުކުރުމާ ގުޅިގެން ދުންޔާ ކުރެއްވި ޓްވީޓަކުން ގިނަ ބަޔަކު ރަތަށް!
 
ދުންޔާ އާއި ގައްސާނު ސަރުކާރާއެކު ހުންނެވި އިރު ޔުމްނާ އާއި ފާރިސް ހުންނެވީ ބައްޕާފުޅު މައުމޫނާ އެކު
 
ފަހުން ދުންޔާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވަޑައިގެންފައި
 
ފޮރިން މިނިސްޓަރުކަން އިސްތިއުފާ ދެއްވީ ސަރުކާރަށް ފާޑު ވިދާޅުވުމަށް ފަހު

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ހައްޔަރު ކުރުމަ ގުޅިގެން އެބޭފުޅާގެ ދައްތަ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ދުންޔާ މައުމޫނު ކުރެއްވި ޓްވީޓަކުން ގިނަ ބަޔަކު ރަތަށް އަރައިފި އެވެ.

 

ސަރުކާރަށް ފާޑު ވިދާޅުވުމަށް ފަހު ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިތާ މާގިނަ ދުވަހެއް ނުވެ އަލުން އެއަށް ވުރެ ދަށް ވަޒީފާއެއްގައި ސަރުކާރާ ގުޅިވަޑައިގެންނެވި ދުންޔާ ކުރެއްވި ޓްވީޓުގައި ބޭބޭފުޅު ފާރިސް އާއި އޭނާގެ އަނބިކަނބަލުންނާއި ދަރިކަރުންނަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.

 

އެ ޓްވީޓާ އެކު ދުންޔާ ވަނީ އަނެއް ތިން ބޭފުޅުންނާ އެކު ނަންގަވާފައިވާ ފޮޓޯއެއް ވެސް ވަނީ އެޓޭޗްކުރައްވާފައެވެ. 

މިޓްވީޓާ ގުޅިގެން ސިޔާސީ ފަރާތްތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގިނަ ބަޔަކު ދަނީ އެކަމަނާއަށް ފާޑު ކިޔަމުންނެއެވެ.

 

އެގޮތުން އެކަމަނާގެ ބޭބޭފުޅު ފާރިސް ދެކެ ލޯބިފުޅުވާ ނަމަ ވަގުތުން އިސްތިއުފާ ދެއްވާނެ ކަމަށް ޤަބޫލު ކުރާ ކަމަށާއި މަޤާމު ދިފާއު ނުކުރައްވައި އާއިލާ ދިފާއު ކުރެއްވުމަށް ގޮވާލާފައި ވެއެވެ.

އަދި އާއިލާއަށް ވުރެ މަޤާމާއި ފާއިސާ ބޭނުންވާ ކަމަށް ބައެއް މީހުން ބުނެފައިވާއިރު ދުންޔާ މިގޮތަށް ޓުވީޓު ކުރައްވަން ލަދުވެތިވާންޖެހޭ ކަމަށް ވެސް ބައެއް މީހުން ދުންޔާއަށް ރައްދު ދެމުން ބުނެފައިވެއެވެ. އަދި "ފިތިފައި" ހުންނެވީ ކޮން ކަމަކަށް ގުޅިގެންތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލުކޮށްފައެވެ.

 

މިފަދަ އަނިޔާވެރި ސަރުކާރެއް ދިފާއު ކުރައްވަން ނުހުންނަވައި ކެރިވަޑައިގެން ފާޅުގައި ނިކުންނެވުމަށް އެތައް ބަޔަކު ވަނީ ގޮވާލާފައެވެ.  ގިނަ މީހުން ވަނީ މި ޓުވީޓަކީ ބޮޑު ޖޯކެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ދުންޔާއަށް މަލާމަތް ރައްދުވާ ގޮތަށް ގިނަ ބަޔަކު ފާޑު ކިޔާފައި ވެއެވެ. މިއީ ކާކަށް ދައްކަވަން ކުރެއްވި ޓީވޭޓެއްތޯ ވެސް ސުވާލުކޮށްފައި ވެއވެެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ކޯޓު އަމުރެއްގެ ދަށުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ، އެ ގެ ބަލައި ފާސްކުރުމަށް ފަހު ފާރިސް ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހްމަތުގަ އެވެ. ފުލުހުން ކުރިން ބުނެފައިވަނީ މެމްބަރުންނަށް ފާރިސް ރިޝްވަތު ހުށަހެޅިކަމުގެ އެކަށީގެންވާ ހެކި ހުރި ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
22%
19%
15%
28%
16%
0%
ކޮމެންޓް
19 ޖުލައި 2017 | ބުދަ 13:22
ތަކުރު
ކާފައަކަސް މާމައަކަސް ބޭނުމީ ވެރިކަން
19 ޖުލައި 2017 | ބުދަ 10:05
ހަސަން
އަހަންނަށްވެސް ވަރަށް ބޮޑަށް ހީވޭ މީ ބެއްޔާ ރޭވުމެއްހެން! އެހެންމަނަކަ، ދެ ދަރިން ސަރުކާރުގެ މަތީ މަޤާމުތަކުގަ ބައިތިއްބާފަ އެއް ނުހުންނާނެ! މީ ހަމަ ކުޅޭ ޗަރުކޭހެކޭ ބުނެވޭނީ އެނގޭ!
19 ޖުލައި 2017 | ބުދަ 08:59
ޖާބިރު
ތިޓްްވީޓްތައް ކޮށްފަ ހުރީ މުޅިންވެސް އެމްޑީޕީ މީހުން....ތިއުޅެނީ ތިގޮތަށް ޕްރެޝަރ ކޮށްގެން އެކަމަނާގެސް އިދިކޮޅާގުޅިވަންދޯ ....ހަމަހިލާ ތިހެންނެއް ނުހެދޭނެ
19 ޖުލައި 2017 | ބުދަ 06:07
ކޮބާ
ޗަރުކޭސް ކުޅެންވީ!!! ރައްޔތިތުން ގޮނބޯހަދަން، އާޚިރު ނަތީޖާއަކީ މައުމޫނާއި ޔާމިން ތީއެކެއްޗެއް، ، .. ޕުލޭން ހަމަ އޮތީ ކުރިޔަށް، ރީނދޫ މީހުން ނަށް ޝައްކުނުކުރެވޭ މިންވަރަށް ކާފަ މިގޭމް ކުރިޔަށް ގެންދާނެ....! ޔާމިންޔާމިންޔާމިންޔާމިން!!!!