ދިވެހި ސަރުކާރުން މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް ބިރުދައްކަމުން ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއްކަމަށް ޔޫރަޕިއަން ޔޫނިއަން، އީޔޫ މޯލްޑިވްސްއިން ބުނެފިއެވެ.
އީޔޫ މޯލްޑިވްސްގެ ރަސްމީ ޓްވިޓާއިން އަންގާރަ ދުވަހު ކޮށްފައިވާ ޓްވީޓެެއްގައި ބުނެފައިވަނީ، ސަރުކާރުން މިހާރު އިދިކޮޅު މެންބަރުން ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމާއި،ހައްޔަރުކޮށް ބިރުދައްކާ ހަދަމުންދާ ދިއުމަކީ އީޔޫއިން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ.
Deeply concerned by ongoing intimidation of opposition legislators. Legitimate opposition is a vital part of any healthy democracy #Maldives
— EU to the Maldives (@EU_Maldives) July 18, 2017
އިޔޫ މޯލްޑިވސް އިން ބުނީ، ޒިންމާދާރު އިދިކޮޅު ފާރާތެއް އޮތުމަކީ، ފުރިހަމަ ޑިމޮކްރެސީއެއްގައި ވަރަށް މުހިއްމު ބައެއްކަމަށެވެ.
އީޔޫއިން މި ޓްވީޓްކޮށްފައި މިވަނީ، މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ންތްކަމުގެ މައްސަލައެއް 45 މެންބަރުންގެ ސޮޔާއެެކު ވައްދާ އެމައްސަލަ މިމަހުގެ 24 ވަނަ ދުވަހަށް އެޖެންޑާކޮށްފައިވަނިކޮށް، ސަރުކާރާއި އިދިކޮޅު މެންބަރުން ފުލުހުހަށް ހާޒިރުކޮށް ސުވާލުކޮށް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުވެސް އަންގާރަދުވަހު ހައްޔަރު ކުރުމާ ގުޅިގެންނެވެ.