Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 15:02
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަތުލް ކެޝަޕް
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަތުލް ކެޝަޕް
ޔޫ.އެސް އެމްބަސީ، ކޮލޮމްބޯ
ެމެންބަރު ފާރިސް ހައްޔަރުކުރުނ
މެންބަރުން ހައްޔަރުކުރުމަކީ މަޖިލިހުގެ ހިންގުމަށް އެޅޭ ހުރަހެއް: ކެޝަޕް
އިންތިހާބީ މެންބަރުން ހައްޔަރުކޮށް، އެބޭފުޅުންނަށް ބިރު ދެއްކުމަކީ ރައްޔިތުންގެ މަޖިލިހުގެ އާންމު ހިންގުން ހުއްޓުމަކަށް އަންނަ ކަމެއް

ގާނޫނީ ޒިންމާއެއް ހަވާލުވެ، އިންތިހާބު ކުރެވިފައިވާ މަޖިލިސް މެންބަރުން ހައްޔަރުކުުރުމަކީ ރާއްޖޭގައި މަޖިލިސް ހިންގުމާއި ޑިމޮކްރަސީ ހިންގުމަށް އެޅޭ ހުރަހެއް ކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަތުލް ކެޝަޕް ވިދާޅުވެއްޖެ އެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ކެޝަޕް ވަނީ ފާރިސް ޓެގް ކުރައްވާފައެވެ.

ކެޝަޕް ވިދާޅުވީ އިންތިހާބީ މެންބަރުން ހައްޔަރުކޮށް، އެބޭފުޅުންނަށް ބިރު ދެއްކުމަކީ ރައްޔިތުންގެ މަޖިލިހުގެ އާންމު ހިންގުން ހުއްޓުމަކަށް އައިސް، އޭގެ ސަބަބުން ރާއްޖޭގައި ޑިމޮކްރަސީއަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.

 

 

ފާރިސް ހައްޔަރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ، އެ ގެ ބަލައި ފާސްކުރުމަށްފަހު އެވެ.

ފާރިސްގެ ގާނޫނީ ވަކީލް މައުމޫނު ހަމީދު ވިދާޅުވީ ކަމާ ގުޅުންހުރި ކަމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ތަކެތި ފުލުހުން ގެންދިޔަ ކަމަށެވެ. އޭގެ ތެރޭގައި ލިޔެކިޔުންތަކާއި ޕެން ޑްރައިވް އާއި އެ ނޫން ވެސް ތަކެތި ހިމެނޭ ކަމަށެވެ. އެންމެ ފުރަތަމަ ގެންދަވާނެ ކަމަށް ވިދާޅުވީ ފުލުހުންގެ އިދާރާ އަށް ކަމަށާއި ނަމަވެސް ފަހުން ފުލުހުންގެ މެދުގައި މަޝްވަރާކޮށް އަދި، ފޯން ކޯލަކަށް ފަހު ދޫނިދޫ އަށް ގެންދާ ކަމަށް ބުނި ކަމަށް މައުމޫނު ހަމީދު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް