ކ. މާލެ
|
27 އޯގަސްޓް 2023 | އާދީއްތަ 22:42
ޓައެކްވަންޑޯއިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުން
ޓައެކްވަންޑޯއިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުން
އެމްއޯސީ
އައިއޯއައިޖީ
އައިއޯއައިޖީ: ޓައެކްވަންޑޯއިން ރާއްޖެއަށް ދެ ރިހި މެޑަލާއި ދެ ލޯ މެޑަލް
މިއީ ޓައެކްވަންޑޯގައި ރާއްޖެއިން ވާދަކުރި ފުރަތަމަ ފަހަރު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓައެކްވަންޑޯގެ ބައިން ރާއްޖެއިން ދެ ރިހި މެޑަލާއި ދެ ލޯ މެޑަލް ހޯދައިފިއެވެ.

މިއީ ޓައެކްވަންޑޯގައި ރާއްޖެއިން ވާދަކުރި ފުރަތަމަ ފަހަރެވެ. ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފައިވަނީ 87 ކިލޯއިން ދަށުގެ ފިރިހެން ބައިން އަހުމަދު ފަޒީލާއި 52 ކިލޯއިން ދަށުގެ އަންހެން ބައިން ފާތިމަތު އިބްރާހީމެވެ. މި ދެ އެތުލީޓުންވެސް ފައިނަލުގައި މަޑަގަސްކަރައިގެ ދެ އެތުލީޓުންނާ ވާދަކޮށް ބަލިވެފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ.

ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައިވަނީ 62 ކިލޯއިން ދަށުގެ އަންހެން ބައިން ފާތިމަތު އިބްރާހީމާއި 46 ކިލޯއިން ދަށުގެ އަންހެން ބައިން ޖަންނަތު ޖަވާދުއެވެ.

މިއަަހަރުގެ މުބާރާތުގައި ރާއްޖެއިން ފަސް އެތުލީޓުން ވާދަކޮށްފައިވާއިރު، ޓީމުގެ ކޯޗަކީ މޮރޮކޯގެ އަދުނާން ކަނާނޭއެވެ. މޮރޮކޯގެ މި ކޯޗާއެކު ޓީމް ތައްޔާރުވަމުން އަންނަތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.

މިއަހަރުގެ މުބާރާތުގައި ޓައެކްވަންޑޯގެ އިތުރުން، މިހާތަނަށް ރާއްޖެއިން މެޑަލް ހޯދާފައިވަނީ ޓޭބަލް ޓެނިސް ޓީމުންނެވެ. އަންހެން ޓީޓީ ޓީމުން ރަން މެޑަލް ދިފާއުކޮށްފައިވާއިރު، ފިރިހެން ޓީމުން ވަނީ ފުރަތަމަ ފަހަރަށް ރިހި މެޑަލް ހޯދާފައެވެ.

- ކޮމެންޓް