ކ. މާލެ
|
27 އޯގަސްޓް 2023 | އާދީއްތަ 15:26
މުހައްމަދު ފައިސަލް އެމްޑީޕީއަށް ސޮއިކުރައްވައި ފޯމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއާ ހަވާލުކޮށްދެއްވަނީ
މުހައްމަދު ފައިސަލް އެމްޑީޕީއަށް ސޮއިކުރައްވައި ފޯމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއާ ހަވާލުކޮށްދެއްވަނީ
އެމްޑީޕީ
އެމްއާރްއެމްގެ މެންބަރުންނަށް ދައުވަތު ދިނުން
ފާރިސް އިންތިޚާބުގައި ވާދަކުރައްވަނީ ވޯޓު ބައިބައި ކުރެއްވުމަށް، އެމްއާރްއެމްގެ ހުރިހާ މެންބަރުން އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް ގޮވާލަން: ފައިސަލް
 
ރައްޔިތުން އެދޭ ތަރައްގީއާއި ވެވަޑައިގަންނަވާ ވައުދުފުޅު ފުއްދަވާ ހަމައެކަނި ރައީސްއަކީ، ރައީސް ސާލިހު
 
އެމްޑީޕީއާއެކު މުސްތަގުބަލެއް އެބައޮތް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ވާދަކުރައްވަނީ ވޯޓު ބައިބައި ކުރެއްވުމަށް ކަމަށާއި، އެމްއާރްއެމްގެ ހުރިހާ މެންބަރުން އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް އެމްއާރްއެމްގެ ފުރަތަމަ ކައުންސިލްގައި މަސައްކަތް ކުރެއްވި މުހައްމަދު ފައިސަލް ގޮވާލައްވައިފިއެވެ.

ފާރިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާއިރު، އެމްއާރުއެމް އުވާލުމުގެ މައްސަލަ މިވަގުތު އޮތީ ކޯޓުގައެވެ.

ރާއްޖެއެމްވީއަށް ފައިސަލް ވިދާޅުވީ ފާރިސް އިންތިޚާބަށް ކުރިމަތިލައްވައި ކެމްޕޭން ކުރައްވަނީ ރިޔާސީ ކެމްޕޭނެއް ނޫން ކަމަށެވެ. އެއީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހަށް ވާދަކުރައްވަން ނިންމަވާފައިތީ ކުރާ ކެންޕޭނެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްއާރްއެމްގެ ހުރިހާ މެންބަރުން މިސަރުކާރާއެކު ނުކުތުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެމްޑީޕީއާއެކު މުސްތަގުބަލެއް އެބައޮތް ކަމަށެވެ.

ރިޔާސީ ކެމްޕޭނެއްގައި ނޫން މިހާރު އެމްއާރްއެމްއިން ކުރަމުންދަނީއެއް. އެމްއާރްއެމްއިން ކުރަމުން އެދަނީ ފާރިސް ބޭނުންވެގެން ކުރިއަށް މަޖިލީހަށް ފާރިސް ނުކުންނަން ބޭނުންވާތީވެ ކުޑަކޮށް އާއްމުންގެ ތެރެއަށް ނުކުމެލުމަށް ކުރާ ކެމްޕޭނެއް. ފައިނޭންސެއް ވެސް ނެތް ކެމްޕޭން ކުރުމުގެ ޕްލޭނެއް ވެސް ނެތް. މަޖިލީހަށް ކުރާ ކެމްޕޭނެއް މިހާރު އެކުރަނީ. ރިޔާސީ އިންތިޚާބަށް ކުރާ ކެމްޕޭނެއް ނޫން. އެމްއާރްއެމްގައި ތިބި މީހުންނަށް ވެސް ގޮވާލަން އެމްޑީޕީއަކީ ކުރިއަށް ދެވެން އޮތް ޕާޓީއެކޭ. އެމްޑީޕީއަށް ވަޑައިގަންނަވާށޭ. ބޭކާރު ކޮށް ވޯޓުނުލާށޭ. ވޯޓު ޑިވައިޑް ކުރުން ފިޔަވައި. ބައިބަޔަށް ބެހުން ފިޔަވައި އިތުރު އެއްވެސް އެޓެންޝަނެއް ނެތް. މިކޮޅަށް ވަޑައިގަންނަވާ ރައީށް ސާލިިހުގެ ކެމްޕޭނާއި ގުޅިވަޑައިގަތުމަށް އެމްއާރްއެމްއަށް އެދޭ ވާހަކަ
މުހައްމަދު ފައިސަލް

އަބޫދާބީގެ ޑެޕިއުޓީ އެމްބެސަޑަރުކަން ވެސް ކުރައްވަމުން ގެންދަވާ ފައިސަލް ވިދާޅުވީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާ ހަމައެކަނި ކެންޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކަމަށެވެ. އަދި ރައްޔިތުން އެދޭ ތަރައްގީއާއި ވެވަޑައިގަންނަވާ ވައުދުފުޅު ފުއްދަވާ ހަމައެކަނި ރައީސްއަކީ، ރައީސް ސާލިހު ކަމަށެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ ފައިސަލްއާއެކު 77 މެންބަރުން ވަނީ އެމްޑީޕީއަށް ސޮއިކުރައްވާ ފޯމް ހަވާލުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
25%
0%
0%
0%
75%
ކޮމެންޓް