Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 12:03
މައުމޫން އަބްދުލް ގައްޔޫމް
މައުމޫން އަބްދުލް ގައްޔޫމް
މިހާރު
މައުމޫން އަބްދުލް ގައްޔޫމް
ޒިންމާވާން ޖެހޭނީ ފައިސާ ދިންކަމަށް ބުނި މީހާ: މައުމޫން
ރިޝްވަތަކީ ގާނޫނު އަސާސީ އަދި ދީން ހުއްދަ ކުރާކަމެއް ނޫން
ފާރިސް ގާނޫނާއި ގަވައިދާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ
ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަނީ މަހުޖަނުންނަށް ހަދާކަށް ނޫން

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކުންނަކީ ބޮޑު މުސާރަ ލިބޭ ފަރާތްތައް ކަމަށާއި އެ ފަރާތްތަކަށް އިތުރު ފައިސާ ދޭން ނުޖެހޭ އިރު ފައިސާ ދިން ކަމަށް ބުނާ މީހަކު ޒިންމާ ވާންޖެހޭނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވީ ފައިސާ ގޯނި ހިފައިގެން މެމްބަރުންނަށް ބެއްސެވިކަމަށް އަމިއްލައަށް ވިދާޅުވި ނަމަވެސް އެކަމެއް މުއައްސަސާއަކުން ނުބެލޭ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަތައް ބެލެންޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މެމްބަރުންނަކީ ބޮޑެތި މުސާރަ ލިބިގެންވާ ބޭފުޅުންކަމަށާއި އިތުރަށް އެލިބޭ ފައިސާއަކީ ރިޝްވަތުކަމަށް މައުމޫން ވިދާޅުވިއެވެ.  ރިޝްވަތަކީ ގާނޫނު އަސާސީ އަދި ދީން ހުއްދަ ކުރާކަމެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ. 

"ރައްޔިތުންގެ މަޖިލީހަށް މެމްބަރުންހޮވަނީ މަހުޖަނުންނަށް ވާކަށް ނޫން. ކޮންމެ މެމްބަރަކު ވެސް ގައުމަށް ހިދުމަތް ކުރައްވަން ވީ. ހުވަޔަށް ހުރުމަތްތެރިކޮށް ހިއްތަވައިގެން އެހުވާގެ މަތީގައި ތިއްބަވަންވީ،" މައުމޫން ވިދާޅުވިއެވެ.

މައުމޫނު މިހެން ވިދާޅުވެފައިވާއިރު މަޖިލީހުގެ މެންބަރުންނަށް ކުރީގެ ނައިބު ރައީސް އަދީބު ބެއްސެވީ ފައިސާއަކީ ރައީސް އަބްދުﷲ ޔާމީންގެ ފައިސާ ކަމަށް އެމަނިކުފާނު ދާދި ފަހުން ވެސް ވަނީ މީޑިއާގައި އެއްބަސްވެވަޑައިގެންފައެވެ. އަދި އޭގެ ކުރިން ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވަނީ މަޖިލީހުގެ މެންބަރުންގެ އަރިހަށް ފައިސާ ގޯނި ކޮނޑުގައި އުފުއްލެވީ އެ މެންބަރު ކަމަށް މަޖިލީހާއި އަދި ބައެއް މީޑިއާތަކުގައި ވެސް ވިދާޅުވެފައެވެ.

ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ދިރިއުޅުއްވާ ގެ ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ މައްސަލަ އަށް އިޝާރާތްކުރައްވައި ރައީސް މައުމޫނު ވިދާޅުވީ ގާނޫނާއި ގަވައިދާ ޚިލާފަށް އެއްވެސް ކަމެއް ފަރިސް ނުކުރައްވާނެ ކަމަށެވެ. 

"އަޅުގަނޑު ހަމަ ރައްޔިތުންނަށް ޔގީންކަން އަރުވަން ބޭނުން ފާރިސް ނޯންނާނެ ގާނޫނާއި ގަވައިދާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި.އެކަމާއިބެހޭ އެއްވެސް ހެއްކެއް ގަރީނާއެއް ނޯންނާނެ" މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުން ހިތްވަރުގަދަކުރައްވާ ސާބިތުކަމާ އެކީ ތިއްބެވުމަށް އެދިލައްވާ ކަމަށާއި މިހާރު އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ ގުޅިގެން ކުރަނީ ގައުމަށް އިސްލާހީ މަސައްކަތްތައް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 ޖުލައި 2017 | އަންގާރަ 13:10
ހަސަން
އާން އެންމެން އެއްބަސް ކިޔާފަ އެއްބައިވަންތަ ސަރުކާރެއް އުފައްދަބަ އަޅެ! މީހަރު މި ސަކަރާތެއްގެ އަހަރުމެން ތެޅި ބާލާތާ 15 ވަރަކަށް އަހަރު ވަނީ! ދެން އަޅެ މި އޮތް ކުޑަ ކުޑަ ޤައުމަށް ކޮންމެވެސް ހައްލެއް ހޯދަ ދީބަ ތި ހުރިހާ ސިޔާސީ މީހުންތައް އެކައްޗެއް ކިޔައިގެން!
18 ޖުލައި 2017 | އަންގާރަ 13:07
ކޮކޯ
މަައުމޫން ބޭނުކުރަނީ ޕީޕީއެމް ނަން ބޭނުކުރޭ ދައުވާ ނުކުރޭ އެކަމަކު ފާރިސް ޕީޕީ އެމް ނަން ބޭނުކުރީމަ ދައުވާކުރަނީ ނަސުލް އޮޅުވާލިދައުވަާ