ކ. މާލެ
|
26 އޯގަސްޓް 2023 | ހޮނިހިރު 16:59
އައިއޯއައިޖީ ފެތުމުގެ މުބާރާތުގެ ތެރެއިން:  ފޮޓޯ-އެމްއޯސީ/ރާއިފް ޔޫސުފް
އައިއޯއައިޖީ ފެތުމުގެ މުބާރާތުގެ ތެރެއިން: ފޮޓޯ-އެމްއޯސީ/ރާއިފް ޔޫސުފް
އެމްއޯސީ
އައިއޯއައިޖީ
އައިއޯއައިޖީ: މުބާލް، ރިހާން އަދި ޒައިނަބް ފައިނަލަށް، ހަނާންއާއި މުބާލްއަށް ރެކޯޑެއް
 
އައިއޯއައިޖީ ފެތުންތެރިންގެ ސްކޮޑުގައި ހިމެނެނީ އަންހެން 6 ފެތުންތެރިންނާއި ފިރިހެން 6 ފެތުންތެރިން

މަޑަގަސްކަރައިގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފެތުމުގެ އެކި އިވެންޓުތަކުގެ ފައިނަލުން، މުބާލް އައްޒާމް އިބްރާހީމާއި މުހައްމަދު ރިހާން ޝިހާމް އަދި ޒައިނަބް އަބްދުﷲ ޝަފީގު ޖާގަ ހޯދިއިރު، ހަނާން ހުސައިން ހަލީމާއި މުބާލް ގައުމީ ރެކޯޑެއް ހަދައިފިއެވެ.

މުބާލް ފައިނަލަށް ގޮސްފައިވަނީ 200 މީޓަރު ފްރީ ސްޓައިލްގެ ބައިންނެވެ. މިބައިގައި ރާއްޖެއިން ވާދަކުރި ހަމައެކަނި އެތުލީޓަކީ މުބާލްއެވެ. އޭނާ ވަނީ 2.5.17 ޓައިމިން އަކުން ނިންމާފައެވެ. ޖުމްލަ ނުވަ އެތުލީޓުން މި ބައިގައި ވާދަކުރިއިރު، މުބާލްއަށް ލިބިފައިވަނީ ހަވަނައެވެ. ފައިނަލުން ޖާގަ ގެއްލުނީ މޮރިޝަސްގެ އެޑްރިއަންއަށެވެ.

އަންހެނުންގެ 50 މީޓަރު ބެކްސްޓްރޯކް ބައިގެ ފައިނަލުން ޒައިނަބް ވަނީ ޖާގަ ހޯދާފައެވެ. މިބައިގައިވެސް ރާއްޖެއިން ވާދަކުރި ހަމައެކަނި އެތުލީޓަކީ ޒައިނަބެވެ. ހަތްވަނާގައި ޒައިނަބް ނިންމާލިއިރު، އޭނާގެ ޓައިމިންއަކީ 36.80 ސިކުންތެވެ.

ރިހާން ފައިނަލުން ޖާގަ ހޯދާފައިވަނީ ފިރިހެނުންގެ 100 މީޓަރު ބަޓަފްލައި ކެޓަގަރީންނެވެ. އޭނާ އަށްވަނާގައި ނިންމާފައިވަނީ 1.2.30ގެ ޓައިމިންއަކާ އެކުއެވެ. ރިހާންގެ އިތުރުން މި އިވެންޓުގައި ރާއްޖެއިން ވާދަކުރީ އަހުމަދު ނީގް ނިޔާޒެވެ. 1.3.25ގެ ޓައިމިންއަކާއެކު، ނީގްއަށް ލިބުނީ 10 ވަނައެވެ.

މުބާލް ރެކޯޑް ހަދާފައިވަނީ 50 މީޓަރުގެ ބެކްސްޓްރޯކްގެ ބައިންނެވެ. އޭނާ ރެކޯޑް ހެދިއިރު ޓައިމިންއަކީ 34.42 ސިކުންތެވެ. މުބާލްގެ ފަހަތުން 10 ވަނާގައި 34.26 ސިކުންތާއެކު ނިމުނީ މުހައްމަދު އާން ހުސައިނެވެ. މީގެއިތުރުން، ހަނާން ރެކޯޑް ހެދީ އަންހެނުންގެ 100 މީޓަރު ބަޓަފްލައިގެ ބައިންނެވެ. އޭނާގެ ޓައިމިންއަކީ 1.14.69 އެވެ. ނަމަވެސް، ނުވަވަނާގައި ނިމުމުން، ފައިނަލުން ޖާގަ ލިބިފައެއް ނުވެއެވެ.

އައިއޯއައިޖީގެ ފެތުމުގެ މުބާރާތުގައި ރާއްޖޭގެ އެތުލީޓުންގެ ފެށުން ރަނގަޅެވެ. ރާއްޖޭގެ އެތުލީޓުން ވަނީ ތަފާތު ތިން އިވެންޓެއްގެ ފައިނަލުން ޖާގަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް