Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 10:51
މީހަކު ވޮލެޓުން ފައިސާ ނަގަނީ
މީހަކު ވޮލެޓުން ފައިސާ ނަގަނީ
ރާއްޖެއެމްވީ
މަގުމަތިން ފޭރުން
މަގުމަތިން ބިދޭސީއެއްގެ އަތުން ތިން ލައްކައެއްހާ ރުފިޔާ ތިން ބިދޭސީއަކު ވެގެން ފޭރިގަނެފި
ފޭރުނު ތިން ބިދޭސީން ވަނީ ހައްޔަރު ކޮށްފަ

މާލޭ ދަރުބާރުގޭ ކައިރިން ބިދޭސީއެއްގެ އަތުން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރި ގަނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް އަންގާރަ ދުވަހު ވިދާޅުވީ ހޯމަ ދުވަހުގެ ރޭ 07:21 ހާއިރު ތޫނު އެއްޗަކުން ބިރުދައްކާ ފައިސާތަކެއް ފޭރުނު މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލައާ ގުޅިގެން ތިން ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ބަންގްލަދޭޝްގެ 22 އަހަރުގެ އެމީހާއަށް ބިރު ދައްކާފައި ވަނީ ކަޓަރެއް ބޭނުންކޮށްގެން ކަމަށާއި އޭނާގެ އަތް ކޮންމެވެސް ވަރަކަށް ޒަހަމް ވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގާފައި ވަނީ ދަރުބާރުގެ އާއި ކުޑަކުދިންގެ ބަގީޗާއާ ދޭތެރޭގައިވާ ގޯޅި ތެރޭގައި ކަމަށެވެ.

އޭނާއަށް ހަމަލާދީ ފޭރުނު ބިދޭސީންނަކީ ކޮން ގައުމެއްގެ މީހުންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި ފޭރުނު ފައިސާގެ އަދަދެއް ވެސް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާއަކީ ރިސޯޓެއްގައި މަސައްކަތްކުރާ ބިދޭސީއެކެވެ. އޭނާގެ އަތުގައި އޮތް ދަބަހުގައި ތިން ލައްކަ ރުފިޔާ ހުރިކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 ޖުލައި 2017 | އަންގާރަ 15:02
haasim
thi bidheysy meeha thanakun vakkan kohgen gengulunu laari eh kamah vaany...eyna ah thi laari libunu gotheh furathama balan v