Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 10:08
ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުން ހިންގާ މާލޭ ޖަލު
ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުން ހިންގާ މާލޭ ޖަލު
ފޭސްބުކް
ގައިދީއަކު މަރުވެއްޖެ
ފަރުވާ ދެމުންދަނިކޮށް ގައިދީއަކު މަރުވެއްޖެ
އޭނާ އަކީ ހަކުރު ބައްޔަށް ބޭސްކުރަމުންދިޔަ މީހެއް
އޭނާ ތަންފީޒު ކުރަމުންދަނީ 10 އަހަރާއި ހަ މަސް ދުވަހުގެ ހުކުމެއް

ޙުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހޯމަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެފައިވާ ގޮތުގައި އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ އުމުރުން 52 އަހަރުގެ މީހެއް ކަމުގައިވާ ހ. ލަންދޫގޭ އިރުމަތީބައި، މުޙައްމަދު ބަދީޢު ކަމަށެވެ.

ކަރެކްޝަނުން ބުނެފައިވާގޮތުގައި ބަދީއުގެ ބަލި ހާލު ބޮޑުވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށާއި ބަދީއު އައިޖީއެމްއެޗަށް ގެންގޮސް ވަގުތުން ފަރުވާދޭންފަށާފައިވާ ކަމަށެވެ. ކަރެކްޝަނުން ބުނީ ބަދީއު މަރުވެފައި ވަނީ ހޯމަ ދުވަހުގެ ރޭގެ ފަތިހު 3:30 ހާއިރު ކަމަށެވެ.

ކަރެކްޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަދީއުއަކީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށާއި ހޯމަ ދުވަހު އައިޖީއެމްއެޗަށް ގެންދިޔައީ ހަކުރު މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.  އޭނާއަކީ 10 އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމަށާއި ހުކުމް ތަންފީޒުކޮށް ނިމޭނީ 2021 ވަނަ އަހަރު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް