ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 19:29
އުދިނޭޒީއާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
އުދިނޭޒީއާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
ރޮއިޓާސް
އިޓާލިއަން ލީގު
އުދިނޭޒީ ބަލިކޮށް، ޔުވެންޓަސްއަށް ރަނގަޅު ފެށުމެއް
 
އުދިނޭޒީގެ ދަނޑުގައި ކުޅުނު މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގެ ފުރަތަމަ މެޗުގައި އުދިނޭޒީ ބަލިކޮށް، ޔުވެންޓަސްއިން ފެށުން ރަނގަޅުކޮށްފިއެވެ.

އާދިއްތަ ދުވަހު އުދިނޭޒީގެ ދަނޑުގައި ކުޅުނު މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ދެވަނަ މިނެޓުގައި ޑޫސާން ވްލަހޮވިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ފެޑެރިކޯ ކިއޭސާ ވަނީ ޔުވެންޓަސްއަށް ލީޑު ނަގައިދީފައެވެ. އެޔަށްފަހު މެޗުގެ 20 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއެއް ކާމިޔާބުކޮށް، ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދިނީ ވްލަހޮވިޗެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޑްރިއެން ރަބިއޮޓް ވަނީ ޔުވެންޓަސްއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އެ ލަނޑަކީ އެންޑްރިއާ ކެމްބިއާސޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ލަނޑެކެވެ.

މެޗުގައި އުދިނޭޒީންވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. ނަމަވެސް އެ ޓީމުން ގޯލަށް އަމާޒުކުރި ފަސް ހަމަލާވެސް، ޔުވެންޓަސްގެ ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައެވެ.

ޓްރާންސްފަރ ކަންތައްތަކުގައި މަކަރުހެދުމާއި, މާލީ ބަޔާންތައް އޮޅުވާލުމުގެ މައްސަލައިގައި މިދިޔަ ސީޒަނުގައި ޔުވެންޓަސްއަށް ވަނީ ބޮޑު އަދަބެއް ދީފައެވެ. އެކަމުގެ ސަބަބުން، ޔުވެންޓަސް ވަނީ މި ސީޒަނުގައި ޔޫރަޕުގެ މުބާރާތްތަކުން ސަސްޕެންޑް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް