ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 12:54
އިނގިރޭސި ގައުމީ އަންހެން ޓީމުގެ ކޯޗު ސަރީނާ ވިއެގްމަން
އިނގިރޭސި ގައުމީ އަންހެން ޓީމުގެ ކޯޗު ސަރީނާ ވިއެގްމަން
ޑެއިލީ މިރޯ
އިންގްލޭންޑް
ސަރީނާއަަށް ފިރިހެން ޓީމަށް ވެސް ކޯޗުކޮށްދެވިދާނެ: އިނގިރޭސި އެފްއޭ
އެމެރިކާއިން ވަނީ އޭނާގެ އެހީ އަށް އެދިފައި

އިނގިރޭސި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު ސަރީނާ ވިއެގްމަން އަކީ އެގައުމުގެ ފިރިހެން ފުޓްބޯޅަ ޓީމުގެ ކޯޗުކަންވެސް ކުރެވޭ ފެންވަރުގެ ގާބިލް މީހެއް ކަމަށް އިނގިރޭސި އެފްއޭއިން ބުނެފި އެވެ.

ދުނިޔޭގެ އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު 2020 އަދި 2022ގައި ހޯދި ސަރީނާއާ ބެހޭ ގޮތުން އިނގިރޭސި އެފްއޭގެ ސީއީ މާކް ބުލިންހަމް މިހެން ބުނީ އޮސްޓްރޭލިޔާގައި އިއްޔެ ނިމުނު އަންހެނުންގެ ވޯލްޑްކަޕުގެ ފައިނަލާ ދިމާކޮށެވެ. މި ފައިނަލުގައި ސްޕޭން އަތުން 1-0އިން ބަލިވުމުން އިނގިރޭސިންނަށް ލިބުނީ ދެވަނަ އެވެ.

ނަމަވެސް އިއްޔެގެ ފައިނަލުން ބަލިވި ނަމަވެސް އިނގިރޭސިންވެސް ތިބީ އޭނާ ކޯޗުކަމުގައި ބަހައްޓާ ގޮތަށެވެ.

"އެއްވެސް ގައުމަކުން އޭނާ ހޯދުމަށް އައި ނަމަވެސް އެ ހުށަހެޅުން އަހަރުމެން ގަބޫލެއް ނުކުރާނަން.
އިނގިރޭސި އެފްއޭގެ ސީއީ މާކް ބުލިންގަމް ބުންޏެވެ.

ސަރީނާ ވަނީ ވަނީ އިނގިރޭސީންނަށް މިދިޔަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދީފަ އެވެ. މިހެންވެ ވޯލްޑްކަޕްގެ އިއްޔެގެ ފައިނަލުން ބަލިވި ނަމަވެސް އިނގިރޭސިންވެސް ތިބީ އޭނާ ކޯޗުކަމުގައި ބަހައްޓާ ގޮތަށެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު 2020 އަދި 2022ގައި ހޯދާފަ އެވެ. އިއްޔެގެ ފައިނަލާއެކު އޭނާ ވެފައިވަނީ ޖެހިޖެހިގެން އަންހެން ވޯލްޑްކަޕުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ކޯޗަަށެވެ. 2019 ވަނަ އަހަރުގެ ފައިނަލުގައި އޭނާ ކޯޗުކަމުގައި ބަލިވީ އުފަން ގައުމު ނެދެލޭންޑްސް އެވެ.

ނަމަވެސް 53 އަހަރުގެ ސަރީނާ އަކީ އަންހެން ކޯޗުންގެ ތެރެއިން މިވަގުތު ދުނިޔޭގެ ގިނަ ގައުމުތަކަކުން އެންމެ ބޭނުންވާ ކޯޗެވެ. މީގެ ތެރޭގައި އަންހެނުންގެ ވޯލްޑްކަޕުގެ އެންމެ ކާމިޔާބު ގައުމު އެމެރިކާ ހިމެނެ އެވެ. ނަމަވެސް އޭނާ ބުނީ މޮޅު ކުޅުންތެރިންނާއެކު މަސައްކަތް ކުރަން އަބަދުވެސް ބޭނުންވާ ކަމަށާއި އޭނާގެ ހިތްވަރަކީ ކުޅުންތެރިންގެ މަސައްކަތް ކަމަށެވެ. އަދި 1966 ވަނަ އަހަރުގެ އިނގިރޭސިން ފިރިހެނުންގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާތީވެ، އެވާހަކަ ތަކުގެ ސަބަބުން އިއްޔެ ފައިނަލް މެޗުވީ ވަރަށްބޮޑު ޗެލެންޖަކަށް ކަމަށެވެ.

ސަރީނާ ބުނީ ވޯލްޑްކަޕަށް އިނގިރޭސިން ކުރިމަތިލާން ޖެހުނީ ވަރަށް މުހިންމު ތިން ކުޅުންތެރިއަކު އަނިޔާގެ ސަބަބުން ނުކުޅެވުނު ހާލަތެއްގައި ކަމަށާއި މިހެންވެ ކޮންމެވެސް ވަރެއްގެ އުނިކަމެއް ޓީމަށް ދިމާވި ކަމަށެވެ.

- ކޮމެންޓް