ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 12:33
ބެލިންހަމް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ބެލިންހަމް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ރޮއިޓާސް
ޖޫޑް ބެލިންހަމް
އަހަރެން 10 ގުނަ ކުރިއަރައިފި: ބެލިންހަމް
 
އޭނާ ވަނީ މިހާތަނަށް ދެ މެޗު ކުޅެ ދެ ގޯލު ޖަހައިދީފައި

ރެއާލް މެޑްރިޑަށް ބަދަލުވުމާއެކު އޭނާ 10 ގުނަ ކުރިއަރައިފިކަމަށް މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް ބުނެފި އެވެ.

އިނގިރޭސި ޒުވާން މިޑްފީލްޑަރު މިހެން ބުނީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްއިން 103 މިލިއަން ޔޫރޯ އަށް ރެއާލް މެޑްރިޑަށް މި ސީޒަނުގައި ބަދަލުވުމަށްފަހު އޭނާ މޮޅު ކުޅުމެއް ދައްކަމުންދިއުމުގެ ސިއްރަކީ ކޮބާތޯ ނޫސްވެރިން ސުވާލުކުރުމުންނެވެ.

އޭނާ ވަނީ މިހާތަނަށް ދެ މެޗު ކުޅެ ދެ ގޯލު ޖަހައިދީފަ އެވެ.

"އަހަރެންނަށް ހީވަނީ އަހަރެން މިތަނުގައި މިދިޔަ ސީޒަނަށްވުރެ 10 ގުނަ ރަނގަޅަށް އެބަކުޅެވޭހެން. އަހަރެން މިދަނީ (ރެއާލްގައިތިބި) ކުޅުންތެރިން ކައިރިން އިތުރަށް ދަސްކުރަމުން. މިތަނުގެ ލެވެލް ވަރަށް މަތި. ސްޕޮންޖްގަނޑެއްހެން އަހަރެން މިދަނީ ހުރިހާ ކަމެއް އެނގި ދަސްކުރަމުން،"
ބެލިންހަމް ބުންޏެވެ.

އިނގިރޭސި ކުލަބުތަކުން ވެސް އޭނާ ގަތުމަށް ޝައުގުވެރިކަން ފާޅުކުރަމުންދަނިކޮށް ރެއާލް އަށް ބަދަލުވި ބެލިންހަމަކީ އެކުލަބުގެ ސަޕޯޓަރެއްވެސްމެ އެވެ. އޭނާ ކުޑައިރު ރެއާލް މެޑްރިޑް ފަހަތުން އަރައި ކާމިޔާބުކުރި ގިނަ މެޗުތަކެއްގެ ބެލި ކަމަށާއި އެ މެޗުތަކުގެ ހަނދާން ހުރުމުން ރެއާލް ބަލިވާން ބޭނުންނުވާ ކަމަށް ބުނެފައިވެއެވެ.

"އަހަރެން ކުޑައިރު ރެއާލްގެ މެޗުތައް ވަރަށް ގިނައިން ބަލަން. އެއިރު ވެސް ފާހަގަވޭ ކުޅުންތެރިންގެ މޫނުމަތިން ހާސްކަމެއްނެތްކަން. އެމީހުން ބަލިވާނެ ކަމަށް އަހަރެން ހިތެއް ނުބުނޭ. މިހާރު އަހަރެން މިހުރީ މިކަންކަން ފެނި އަދި އަހަރެންނަށް އެހީތެރިވެދެވޭ ހިސާބުގައި. އަހަރެން ބަލާލުމުން ކުޅުންތެރިން ހާސްވެގެން އުޅޭތަނެއް ނުފެނޭ،"
ބެލިންހަމް ބުންޏެވެ.

ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނީ ސްޕޭންގެ މާހައުލަށާއި ރެއާލް މެޑްރިޑަށް ބެލިންހަމް ވަރަށް އަވަހަށް ހޭނިއްޖެ ކަމަށާއި އޭގެ ސަބަބަކީ ޖަރުމަނުގައި ކުޅެފައި ރެއާލް އަށް އައުން ކަމަށެވެ. އަދި އޭނާގެ ސަބަބުން ޓީމަށް ކުރިއެރުން ލިބޭތީވެ އުފާކުރާ ކަމަށް ކޯޗު ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް