Advertisement
ކ. މާލެ
|
20 އޯގަސްޓް 2023 | އާދީއްތަ 19:42
މާލެއިން ގޮއިދޫއަށް ނޫސްވެރިން ގޮވައިގެން ދަތުރުކުރި ލޯންޗު
މާލެއިން ގޮއިދޫއަށް ނޫސްވެރިން ގޮވައިގެން ދަތުރުކުރި ލޯންޗު
ރާއްޖެއެމްވީ
ލޯންޗެއް ފަޅައިގެން ދިއުން
މާލެއިން ގޮއިދޫއަށް ނޫސްވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ފަޅައިގެން ހިނގައްޖެ
މި ހާދިސާ ހިނގީ އާދިއްތަ ދުވަހުގެ ހަވީރު 4:30 ހާއިރު
އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

މާލެއިން ބ. ގޮއިދޫއަށް ނޫސްވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ފަޅައިގެން ހިނގައްޖެއެވެ.

މި ހާދިސާގެ ހިނގާފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 4:30 ހާއިރެވެ.

އެ ލޯންޗުން ދަތުރުކުރި ރާއްޖެޓީވީގެ ނޫސްވެރިޔާ މައުލޫމާތު ދިންގޮތުގައި ލޯންޗު ފަޅައިގެން ގޮސްފައިވަނީ ގޮއިދޫއާ 20 ނޯޓިކަލް މޭލު ބޭރުންނެވެ. އެ ލޯންޗުގައި ޖުމްލަ 9 މީހުން ތިބި ކަމަށާއި، އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް އޭނާ ބުންޏެވެ.

Advertisement

މި ހާދިސާ ހިނގުމާ ގުޅިގެން ގޮއިދޫއަށް ދަތުރުކުރަމުންދިޔަ އެހެން ލޯންޗަކަށް މީހުން ބަދަލުކުރިއެވެ. އެއީވެސް މީޑިއާގެ ޓީމުތައް ގޮވައިގެން ދަތުރުކުރި ލޯންޗެކެވެ.

ފަޅައިގެންދިޔަ ލޯންޗު މިހާރު ވަނީ ސަމާ ރިސޯޓަށް ކަފުޖަހައިގެން ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް