Advertisement
ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 16:40
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ކުރީގެ ރައީސް އަލީ ހަމީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ކުރީގެ ރައީސް އަލީ ހަމީދު
އަޒުމޫން އަހުމަދު
ފަނޑިޔާރު އަލީ ހަމީދު
އިތުރު ފަރުވާއަށް ފަނޑިޔާރު އަލީ ހަމީދު ރާއްޖެއިން ބޭރަށް ވަޑައިގަންނަވައިފި
10 ދުވަސް ވަންދެން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ފަރުވާ ދިން
އިތުރު ފަރުވާ ހޯއްދަވަނީ ތައިލޭންޑް އިން
އެޑްމިޓް ކޮށްފައިވަނިކޮށް ޖޭއެސްސީ އިން ވަނީ ވަކިކޮށްފަ

 އާލާސްކަންފުޅާ އުޅުއްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ހަމީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ މިއަދު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ހަމީދު އިތުރު ފަރުވާ ހޯއްދަވަން ހަމަޖެހިފައިވަނީ ތައިލޭންޑްގެ ވެރިރަށް، ބޭންކޮކް އިންނެވެ. 

ސުޕްރީމް ކޯޓުގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހިވަޑައިގަތުމުގެ ސަބަބުން އައިޖީއެމްއެޗް ގައި އަލީ ހަމީދު އެޑްމިޓް ކޮށްފައިވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. 10 ދުވަސް ވަންދެން އެޑްމިޓް ކޮށްގެން ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗް އިން އަލީ ހަމީދު ދޫކޮށްލާފައިވަނީ އާދިއްތަ ދުވަހު އެވެ.

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން އަލީ ހަމީދަށް ދިން ފަރުވާއާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނިކޮށް، ޖުޑިޝަލް ސާވިސް ކޮމިޝަނުން އަލީ ހަމީދު ވަނީ ވަކިކުރައްވާފަ އެވެ. އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ހަމީދު ކޮމިޝަނުން ވަކިކޮށް، އަލީ ހަމީދުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ އައްޔަން ކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
17 ޖުލައި 2017 | ހޯމަ 23:22
ބްލެކް ކޮފީ
ވައްތަރު މީހަކު ފެންނަ އިރަށް އަލީ ހަމީދޭ ކިޔާނެ. . ކިހާ ދެރަކަމެއް.
17 ޖުލައި 2017 | ހޯމަ 17:05
ދޯދޯ
އެތާގެ ތިބޭނެ ވަރައް ޕްރޮފެޝަނަލް ތެޔޮދަމާކުދިން. މިހާރުގެ ބައްޔައް ތެޔޮވެސް ދަމަން ޖެހޭނެ.