ކ. މާލެ
|
18 އޯގަސްޓް 2023 | ހުކުރު 15:41
ރާއްޖޭގެ ފެތުންތެރިއަކު މުބާރާތެއްގައި ވާދަކުރަނީ
ރާއްޖޭގެ ފެތުންތެރިއަކު މުބާރާތެއްގައި ވާދަކުރަނީ
އައިއޯއައިޖީ
އައިއޯއައިޖީ އަށް ގައުމީ ފެތުންތެރިން ތައްޔާރު، މެޑަލް ޓާގެޓާއި ރެކޯޑްގެ ވިސްނުންތައް
 
ގޭމްސް އޮންނަ ދުވަސްވަރުގެ މޫސުމަކީވެސް ގޮންޖެހުމެއް

މި މަހު 25 ގައި މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ބައިވެރިވާ ގައުމީ ސްވިމިންގ ޓީމުގެ އެތުލީޓުންގެ އަމާޒަކީ އައިއޯއައިޖީގައި ގިނަ ގައުމީ ރެކޯޑްތަކެއް އާކުރުމާއި މެޑަލް ޓާގެޓަށް އަމާޒުކޮށް ގިނަ މަސައްކަތްތަކެއް ކުރުން ކަމަށް ގައުމީ ފެތުންތެރިން ބުނެފި އެވެ.

އައިއޯއައިޖީ އަށް ގައުމީ ސްވިމިންގ ޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، މި ފަހުން ގައުމީ ސްވިމިންގ ޓީމުގެ އެތުލީޓުން ވަނީ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި ވެސް ގިނަ ގައުމީ ރެކޯޑްތަކެއް އާކޮށްފަ އެވެ.

އައިއޯއައިޖީގެ ކުރިން ޓީމް މޯލްޑިވްސް މީޑިއާއަށް ދިން އިންޓަވިއުގައި ސްވިމިންގ ޓީމުގެ އެތުލީޓުން ބުނީ އައިއޯއައިޖީގައި ވާދަކުރާ އެހެން ގައުމުތަކަކީ ރާއްޖެއާ ބަލާއިރު، ފެންވަރު ރަނގަޅު ގައުުމުތަކެއް ކަމަށާއި، އެކަމަކު ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެތުލީޓުން އެގައުމުތަކުގެ އެތުލީޓުންނާ ވާދަކުރެވޭ ވަރަށް ކުރިއަރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މީގެ އިތުރުން، އައިއޯއައިޖީގައި މެޑަލް ހޯދޭވަރަށް ކައިރި މުސްތަގުބަލެއްގައި ސްވިމިންގ ޓީމު ކުރިއަރާނެ ކަމަށް ގައުމީ ސްވިމިންގް ޓީމުގެ އެތުލީޓުން ވަނީ ބުނެފައިވެ އެވެ.

ގައުމީ ސްވިމިންގް ޓީމުގެ އެތުލީޓުން ބުނީ މަޑަގަސްކަރާގައި އައިއޯއައިޖީ ކުރިއަށްދާއިރު، މޫސުން ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އެކޮޅުގައި ޕޫލް ކޮންޑިޝަނަށް ބަލާއިރު، ފަތަން ޖެހޭނީ ހޫނުނުކުރާ ޕޫލެއްގައި ކަމަށެވެ. އެހެންވެ އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށް ސްވިމިންގް ޓީމުގެ އެތުލީޓުން ވަނީ ފާހަގަކޮށްފައެވެ.

ސްވިމިންގް ޓީމުގެ އެއިމް އަކީ ވީހާ ވެސް ގިނަ ނެޝަނަލް ރެކޯޑް ބްރޭކްކުރުން. އެކަމަކު މިފަހަރު ވެދާއަކީވެސް 14-25 ޑިގްރީސް. ޕޫލްވެސް އެއްވެސް ވަރަކަށް ހީޓެއް ނޫން. މި ތާނގަ މި ފަތަނީ ވަރަށް ސަނީކޮށް, ހޫނުކޮށް ޕޫލް އޮއްވަ. އެހެންވެ ވީ ވިލް ޑެފިނީޓްލީ ވިލް ނޮޓް ޔޫސްޓު ވެދާ. އެކަމް ހޯޕިންގް ފޯ ދަ ބެސްޓް
ހަމްނާ އަހުމަދު

ގައުމީ ސްވިމިންގް ޓީމުން އަންނަނީ އަހަރުން އަހަރަށް ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން މި ފަހުން ނިމުނު ވޯލްޑް ޗެމްޕިއަންޝިޕުގައިވެސް ގައުމީ ސްވިމިންގް ޓީމުގެ އެތުލީޓުން ވަނީ ގިނަ ގައުމީ ރެކޯޑްތަކެއް އާކޮށްފައެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާއްޖޭގެ ފެތުންތެރިން ކުރިއަރުވަން އަަހަރުން އަހަރަށް ޕްލޭން ހަދައިގެން ކުރިއަށްދާ އެންމެ ބޮޑު ސަބަބަކީ އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް މެޑަލް ހޯދައިގެން ވެސް ކުރިއެރުން ވަޒަންކުރަން ފެށުމެވެ. އެ ގޮތުން، ވީހާ ވެސް ބޮޑަށް ބައިނަލްއަގުވާމީ ލެވަލްގައި ލިބޭ ފުރުސަތުތަކުގައި އެކި އެކި އެތުލީޓުންނަށް ޖާގަ ދީގެން ތަޖުރިބާ ހޯދައިދީ މުސްތަގުބަލަށް ގިނަ އެތުލީޓުން ބިނާކުރެ އެވެ.

އިންޑިއާގެ ގުވަހާޓީ އާއި ޝިލޯންގައި 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ސްވިމިންގ އިން މެޑަލް ހާސިލްކުރިއިރު، އޭގެ ފަހުން މެޑަލް ޓާގެޓްގެ މަސައްކަތަށް ސްވިމިންގ އެސޯސިއޭޝަނަށް ހިތްވަރު ލިބިފައިވެ އެވެ. އަދި މި ވަގުތު އަރަމުން އަންނަ އެތުލީޓުންނަށް ފެންވަރު ރަނގަޅު ޓްރެއިނިން ސްކޮލަޝިޕްތަކާއި މުބާރާތުގެ ފުރުސަތުތައް ލިބެމުންދާ ވަރަކަށް މާ ދުރު ނޫން މުސްތަގުބަލެއްގައި ރާއްޖެ އަށް ސްވިމިންގ އިން ވެސް ރަނގަޅު ލެވަލްގައި މެޑަލް ހޯދިދާނެ ކަމުގެ އުންމީދު އެސޯސިއޭޝަނުގެ އެބައޮތެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ސްވިމިން އިން ކުރެވުނު މަސައްކަތުގެ ނަތީޖާ ބިނާވެފައި އޮތް އެއް ގޭމްސް އަކީ މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެވެ. އެހެންކަމުން، މި ފަހަރުގެ އައިއޯއައިޖީ އަށް ގޮސް، އެ ދިމާވާ ގޮންޖެހުންތަކުގެ ތެރެއިން ވެސް، ބޭނުންވާ ޓާގެޓްތަކަށް ކުރެވެން ހުރި މަސައްކަތެއް ކުރުން އެއީ ސްވިމިން ޓީމުގެ އެންމެ އިސް އަމާޒެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް