ހަފްތާ ބަންދުގައި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހަފްތާ ބަންދުގައި އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށެވެ. އަދި މެދު ރާއްޖެތެރެއަށް ހުކުރު ދުވަހު މޫސުން ރަނގަޅުވާނެކަމަށާއި ހޮނިހިރު ދުވަހު ކެރީގެ އަސަރުކުރާނެކަމަށެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ.