ކ. މާލެ
|
17 އޯގަސްޓް 2023 | ބުރާސްފަތި 07:14
ސިޓީގެ ކުޅުންތެރިން ތަށި އުފުލާލަނީ
ސިޓީގެ ކުޅުންތެރިން ތަށި އުފުލާލަނީ
ގޫގުލް
ސުޕަކަޕް
ޕެނަލްޓީ ޖަހައިގެން ސުޕަ ކަޕް މެންޗެސްޓާ ސިޓީ އަށް
 
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1އިން އެއްވަރުވެގެން

ފުރިހަމަ ވަގުތުގައި 1-1އިން އެއްވަރުވުމުން އިތުރުވަގުތު ކުޅުމެއްނެތި ޕެނަލްޓީ ޖަހައިގެން 5-4 އިން ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސްޕޭނުގެ ސެވިއްޔާ ބަލިކޮށް ޔޫރަޕިއަން ސުޕަކަޕް މެންޗެސްޓާ ސިޓީ ކާމިޔާބުކޮށްފި އެވެ.

ޔޫރަޕުގެ އެންމެ ޝަރަފުވެރި ދެ ކުލަބު މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން އާއި ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅުނު ފައިނަލް މެޗުން ސިޓީ މޮޅުވީ ސެވިއްޔާގެ ނެމެންޖާ ޑުގެލީ ޖެހި ޕެނަލްޓީ ހުރަސް ދަނޑީގައި ޖެހިފައި ވައިގެ ތެރެއަށް އަރައިގެން ދިއުމުންނެވެ. އޭނާ ޕެނަލްޓީ ޖަހަންދިޔައިރު ސިޓީ އޮތީ އެ ޓީމުގެ ފުރަތަމަ ފަސް ޕެނަލްޓީ ކާމިޔާބުކޮށް 5-4ގެ ލީޑެއްގަ އެވެ. އޭނާގެ ޕެނަލްޓީ ކާމިޔާބުވިނަމަ ދެ ޓީމު އެއްވަރުވެ ނަތީޖާ ނެރެވެންދެން އިތުރަށް ޕެނަލްޓީ ޖަހަން ޖެހޭނެ އެވެ.

މިއީ މެންޗެސްޓާ ސިޓީއިން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ކޯޗު ޕެޕް ގާޑިއޯލާ މި ތަށި ހޯދި ތިން ވަނަ ފަހަރެވެ. އަދި މިއީ ސިޓީއިން 2023 ވަނަ އަހަރު ހޯދި ހަތަރުވަނަ ތައްޓެވެ. މީގެ ކުރިން އެ ޓީމުން ވަނީ އިނގިރޭސި ލީގާއި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ - ގޫގުލް

މި މެޗުގައި ފުރަތަމަ ލީޑްގެ ޖެހީ ފުރަތަމަ ހާފުގައި ޔޫސުފް އެން ނަސީރީ ޖެހި ގޯލުން ސެވިއްޔާ އެވެ. ސިޓީ  ނަތީޖާ ހަމަހަމަކުރީ ފަހު ހާފުގައި ކޯލް ޕަލްމާ ޖެހި ގޯލުންނެވެ.

ޕެނަލްޓީގައި އާލިން ހާލަންޑް އާއި ހޫލިއަން އަލްވަރާޒް އަދި މަޓެއޯ ކޮވިސިޗާއި ޖެކް ގްރީލިޝްގެ އިތުރުން ކެޕްޓަން ކޭލް ވޯކާ ވެސް ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެކަމަކު ވޯކާ ޖެހި ޕެންލަޓީ ގޯލަށް ވަނީ ސެވިއްޔާގެ މޮރޮކޯ ކީޕަރު ޔާސިން ބޫނޫގެ އަތުގައި ޖެހިފައި އަތްދަށުންނެވެ. ސެވިއްޔާއިން ފުރަތަމަ ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެއީ ލޫކަސް އެކޮމްޕޯސް އާއި ފަރާމިރް އަދި އިވާން ރަކިޓިކާއި ގޮންޒާލޯ މޮންޓިއެލް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް