Advertisement
ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 13:13
ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާނުއާއި ޑެޕިއުޓީ ލީޑަރު އިބްރާހީމް ފަލާހު
ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާނުއާއި ޑެޕިއުޓީ ލީޑަރު އިބްރާހީމް ފަލާހު
ޓްވިޓަރ
ޕީޕީއެމް މެމްބަރު ފަލާހު
ޕީޕީއެމް މެމްބަރު ފަލާހްއަށް 32 މިލިއަން ރުފިޔާ ހުށަހެޅި މައްސަލަ އޭސީސީން ބަލަން ނިންމައިފި
މިމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ފަލާހު ވިދާޅުވި ނަމަވެސް ހުށަހަޅާފައެއް ނުވޭ
ފާލާހު ވިދާޅުވީ 32 މިލިއަން ރުފިޔާ ހުށަހެޅީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރުމަށް ކަމަށް
އޭސީސީން ބުނީ މެ މައްސަލައިގެ ތަހުގީގަށް އެއްކުރަންޖެހޭ މައުލޫމާތު މިހާރު އެއްކުރަމުންދާ ކަމަށް

ރައްޔިތުންގެ މަޖިލީޙުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރުމަށް ރިޝްވަތުގެ ގޮތުގައި 32 މިލިއަން ރުފިޔާ ހުށަހެޅި ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެފައި ވާތީ އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ނިންމައިފި އެވެ.

އޭސީސީގެ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ހޯމަ ދުވަހު ވިދާޅުވީ މީީޑިއާގެ ކުރިމަތީގައި މެމްބަރު ފަލާހު އެގޮތަށް ވިދާޅުވެފައި ވާތީ އެމައްސަލަ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެގޮތުން އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ މަތިން އެމައްސަލަ ބަލަން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޭސީސީގެ އޮފިޝަލް ވިދާޅުވީ ކޮމިޝަނުން އެމައްސަލަ ބަލަން ނިންމުމާ ގުޅިގެން އެމައްސަލައިގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.

ޕީޕީއެމް-އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕުން މިމަހުގެ 11 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ވެސް ކުރައްވާ ފަލާހު ވިދާޅުވެފައި ވަނީ އޭނާއަށް 32 މިލިއަން ރުފިޔާ ހުށަހެޅި ކަމަށެވެ. ނަމަވެސް ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ފަލާހު ވިދާޅެއް ނުވެއެވެ.

"އަޅުގަނޑު ވާނީ މިތާނގައި އަޅުގަނޑު މި ހިއްސާކުރި މައުމޫމާތު، އަޅުގަނޑު ހިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކޮށްފަ،" ފަލާހުއަށް 32 މިލިއަން ރުފިޔާ ހުށަހެޅި ކަމަށް އޭނާ ވިދާޅުވުމުން، އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަލާހު ވިދާޅުވި އެވެ.

މި މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް ކުރިން ފުލުހުން ބުނެފައިވާއިރު، ރިޝްވަތުގެ މައްސަލަތައް ބެލުމުގެ މެންޑޭޓް އޮންނަ އޭސީސީއަށް ވެސް ފަލާހުގެ ފަރާތުން ހުށަހަޅާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 ޖުލައި 2017 | ހޯމަ 14:01
ޓްރަމްޕް
ތި ދެމީހުންގެ ފަތިފުށް ނިހާން، މަޖިލީހަށް ހޮވުމުގެ ކުރިން އުޅުނީ ބަނފަރުމަތީ ފިހާރައެއްގަ ްފަލާހު، މަޖިލީހަށް ހޮވުމުގެ ކުރިން އުޅުނީ ވަޑިއަކަށ. ވީމާ ތިމީހުންގެ ބަސްމަގާ އަހުލާގު ހުންނާނީ ބާޒާރުމަތީގޮތްގަނޑަށް. އެއްވެސް ޕޮރޮފިޝަނަލް ކަމެއް، ގޮތެއް ފޮތެއް ނުހުންނާނެ