ކ. މާލެ
|
14 އޯގަސްޓް 2023 | ހޯމަ 17:40
ކެޕާ
ކެޕާ
ޓްވީޓަރ
ރެއާލް މެޑްރިޑް
ލޯނު އެއްބަސްވުމެއްގެ ދަށުން ކެޕާ، ރެއާލް މެޑްރިޑަށް
 
ރެއާލް މެޑްރިޑަށް ކެޕާ ގެނައީ ކޯޓުއާއަށް އަނިޔާވުމުން

ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީގެ ކީޕަރު ކެޕާ, ރެއާލް މެޑްރިޑަށް ސޮއިކޮށްފިއެވެ.

ކެޕާ ރެއާލްއާ ގުޅުނުކަން ކުލަބުން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ހޯމަ ދުވަހުއެވެ. ރެއާލް މެޑްރިޑަށް 28 އަހަރުގެ ކެޕާ ގެނައީ، ޓީމުގެ ކީޕަރު ކޯޓުއާއަށް އަނިޔާވެ، ދިގުމުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. ކޯޓުއާއަށް ގާތްގަނޑަކަށް ހަތް މަސް ދުވަސް ގެއްލޭއިރު، ލީގުގެ ފުރަތަމަ މެޗުގައި ކުޅެން އެރުވީ ލުނިންއެވެ. އެތުލެޓިކް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

2018 ވަނަ އަހަރުވެސް ކެޕާ ވަނީ ރެއާލްއާ ގުޅެން އުޅެފައެވެ. ނަމަވެސް، ރެއާލްއިން ނިންމީ އޭނާގެ ބަދަލުގައި ކޯޓުއާ ގެނައުމަށެވެ. އެއަށްފަހު، ޗެލްސީއަށް ކޯޓުއާގެ ބަދަލުގައި 80 މިލިއަން ޔޫރޯއަށް ގެންދިޔައީ ކެޕާއެވެ.

ޗެލްސީގައި ކެޕާ ވަނީ ފަސް ސީޒަން ހޭދަކޮށްފައެވެ. ފުރަތަމަ ދެ ސީޒަނުގައި ފުރަތަމަ ޗޮއިސް ކީޕަރަށް ވީނަމަވެސް، އެޑުއާޑް މެންޑީ ގެނައުމަށްފަހު ކެޕާއަށް ޖާގަ ގެއްލުނެވެ. އެއަށްފަހު އަލުން ފުރަތަމަ 11އިން ޖާގަ ލިބުނީ މިދިޔަ ސީޒަނުގައެވެ. ޗެލްސީން މިދިޔަ ހަފުތާގައި ވަނީ ފުރަތަމަ ޗޮއިސް ކީޕަރަކަށް ބްރައިޓަންގެ ކީޕަރު ރޮބާޓް ސަންޗޭޒް ގެންގޮސްފައެވެ.

ކެޕާ ވަނީ ބަޔާންއާ ވެސް ގުޅެން އުޅެފައެވެ. ނަމަވެސް، ރެއާލްގެ ހުށަހެޅުމާއެކު އޭނާ ނިންމީ ރެއާލްއަށް ދިއުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް