އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ޗެލްސީ އާއި ލިވަޕޫލް އެއްވަރުވި މެޗުގައި ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ބަދަލުކުރުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ލިވަޕޫލް އެންމެ ފަހުން ސީޒަން ކުޅުވަން ކުޅުނު ގިނަ މެޗުތަކުގައި މޮޅަށް ކުޅެ ގޯލު ޖެހި ފޯވަޑް ރޭ ބަދަލުކުރީ ފަހު 10 މިނިޓަށްވުމުންނެވެ. އޭނާގެ ބަދަލުގައި ކުޅެން ނެރުނީ ޒުވާން ފޯވަޑް ބެންޑޯކް އެވެ.
މި މެޗުގައި ސަލާހް ވަނީ ލިވަޕޫލުން ގޯލު ޖެހި ލުއިސް ޑިއާޒަށް ރަނގަޅި ބޯޅަތަކެއް ސަޕްލައިކޮށްދީފަ އެވެ. އެކަމަކު އޭނާ ބަދަލުކުރުމުން ސަލާހަށް އެކަން ގަބޫލެއް ނުކުރެވުނެވެ. ބަދަލު ރެފްރީ ބޯޑު ދެއްކުމާއެކު އޭނާ ވަނީ ބަދަލުކުރަނީ އޭނާތޯ ޔަގީންކުރުމަށް އޭނާ ވަނީ ދެ އަތް މައްޗަށް ނަގައި ޖާޒީ ނަންބަރު ދައްކައި ހަދައިފަ އެވެ. އަދި އަތުގެ ހަރަކާތްތަކުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެއަށްފަހު ދަނޑުން ފައިބަމުން އަތުކުރީގައި ހުރި ޓޭޕްތައް އަތްމައްޗަށް ނަގައި ސްޓެމްފޯޑް ބްރިޖްގެ ދަނޑު މައްޗަށް އުކާލި އެވެ.
ސަލާހްގެ މި ހަރަކާތްތަކަށް އޭނާގެ ކުރީގެ ޓީމު ޗެލްސީގެ ސަޕޯޓަރުން މަލާމާތްކުރި އެވެ. އަދި ދަނޑުން ފައިބަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ސަލާހް ކޮންމެވެސް އެއްޗެއް ބުނިކަމަށް އިނގިރޭސި މީޑިޔާތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް މިސުރުގެ ފޯވަޑްގެ ހަރަކާތްތަކަށް ލިވަޕޫލްގެ ކޯޗު ޔާގެން ކޮލޮޕް ވަނީ އަޅާނުލައި ދޫކޮށްލައިފަ އެވެ.
ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޖެމައިން ކެރެގާ ބުނީ ސަލާހްގެ ނުތަނަސްކަން ހުންނާނެ މިންވަރު އިހުސާސްކުރެވޭ ކަމަށެވެ.
އޭނާ ފުރަތަމަ ހާފުގައި ވަރަށް މޮޅަށް ކުޅުނު. އެކަމަކު ދެ ވަނަ ހާފުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު. އޭނާގެ ނުތަނަވަސްކަން އަހަންނަށް އިހުސާސްކުރެވޭ. އޭނާގެ ބަދަކުގައި ޒުވާން ކުއްޖަކު ކުޅެން ނެރުމަކީ ވަރަށް ބޮޑު ބަދަލެއްކަރެގާ