Advertisement
ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 12:06
ގާސިމް އިބްރާހިމް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައި
ގާސިމް އިބްރާހިމް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައި
އަޒުމޫން އަހުމަދު
ގާސިމްގެ ބަލިހާލަތު
ގާސިމް އަދިވެސް އައިސީޔޫގައި، ހާލު އަންނަނީ ރަގަޅުވަމުން!
އާދިއްތަ ދުވަހުގެ ރޭގައި ހާލުވަނީ އިތުރަށް ގޯސްވެފައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދިވެސް އޮންނެވީ އައިސީޔޫގައި ކަމަށާއި މިހާރު ހާލު ރަަގަޅުވަމުން އަންނަ ކަމަށް އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

 ގާސިމްގެ ހާލު ވަރަށް ގޯސްވި ނަމަވެސް މިހާރު ހާލު ރަގަޅުވަމުން އަންނަ ކަމަށް ސަމީރު ވިދާޅުވި އެވެ.

ގާސިމް ހޮސްޕިޓަލަށް އާދިއްތަ ދުވަހު ގެންގޮސްފައި ވަނީ ބޯ އަނބުރާ، ހޮޑުލަވާ ގޮތްވެ، ނޭވާ ކުރުވެ، ނޭވާލުމަށް އުނދަގޫވުމުގެ ސަބަބުންނެވެ. މިކަން ދިމާވީ ގަސިމް އޮފީހަށް ވަޑައިގަންނަވަނިކޮށެވެ. އެންމެ ފުރަތަމަ އެޑްމިޓް ކޮށްފައިވަނީ މެޑިކާ ހޮސްޕިޓަލުގަ އެވެ.

މިހާދިސާއާ ގުޅިގެން އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އޮތް ގާސިމްގެ ޝަރީއަތުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.

ގާސިމްގެ މައްޗަށް މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން އެ މައްސަލައިގެ ލިޔެކިޔުންތައް ގާސިމްއާ ހަވާލުކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތީގަ އެވެ. އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ގާސިމަށް ފޮނުވާފައިވާ ކޯޓު އަމުރަކީ ރިޝްވަތު ދިނުމަށް ހުށަހެޅިކަމުގެ ދައުވާއާ ގުޅިގެން ބަލަމުންދާ މައްސަލައެކެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުން މި ދައުވާ ބާތިލްކޮށްފައިވާ އިރު އެ މައްސަލަ އަނެއްކާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާގަ އެވެ.

ގާސިމް ކުއްލިޔަކަށް ބަލިވުމާ ގުޅިގެން ރޭގެ ވަގުތެއްގައި އިތުރު ފަރުވާއަށް ސިންގަޕޫރަށް ގެންދިއުމަށް އެއަރޕޯޓަށް އެމްބިއުލެންސްގައި ގެންދިޔަ ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅިގެން ރާއްޖެއިން ބޭރަށް ވަނީ ގެންދެވޭ ގޮތް ނުވެފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް