ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 15:02
ކެޕާ އަރިއްޒަބަލާގާ
ކެޕާ އަރިއްޒަބަލާގާ
ގެޓީ އިމޭޖަސް
ރެއާލް މެޑްރިޑް
ރެއާލްގެ ލޯ އަމާޒުވަނީ ކެޕާ އަށް
 
ކެޕާ ވަނީ އޭނާ ބަޔާން އަށް ދޫކޮށްލަން މަޑުޖައްސާލަން އަންގާފައި

ރެއާލް މެޑްރިޑަށް ދިމާވެފައިވާ ކީޕަރެއްގެ މައްސަލަ ހައްލުކުރުމަށް ޗެލްސީގެ ސްޕޭން ކީޕަރު ކެޕާ އަރިޒަބަލަގާ ހޯދުމަށް އެކުލަބުން މަސައްކަތް ފަށައިފި އެވެ.

ރެއާލްއިން އެންމެ ފުރަތަމަ ގަންނަން ބޭނުންވީ ސެވިއްޔާގެ މޮރޮކޯ ކީޕަރު ޔާސީން ބޫނޫ އެވެ. އޭނާ ވެސް ހުރީ ރެއާލް އަށް ބަދަލުވާން ބޭނުންވެފަ އެވެ. އެކަމަކު ރެއާލްގެ ވިސްނުން އޭނާއާ މެދު ބަދަލުވީ ދެ ސަބަބަކާހުރެ އެވެ. އެއީ އޭނާ ވިއްކަން ސެވިއްޔާއިން މާބޮޑު އަގެއް ކިއުމާއި ޖެނުއަރީ މަހު އޮންނަ އެފްރިކާ ކަޕުގައި ކުޅެން އޭނާ ގައުމީ ޓީމަށް ދޫކުރަން ޖެހޭނެތީ އެވެ. އެ ދުވަސްވަރުވާނީ ޔޫރަޕުގެ ސީޒަނުގެ އެންމެ މުހިންމު ދުވަސްކޮޅަށެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި ޗެލްސީ އަށް ބަދަލުވި ނަމަވެސް ކެޕާ އަށް މިދިޔަ ދެ ސީޒަނެއްގައި ޗެލްސީގައި ގަވާއިދުން ކުޅެން ނުލިބެ އެވެ. މިހެންވެ އޭނާ ހުރީ ލޯނު އުސޫލުން ނުވަތަ ދާއިމީކޮށް ވެސް ރެއާލް އަށް ބަދަލުވާން ތައްޔާރަށެވެ. މިކަމަށް މަގުފަހިކުރުމުގެ ގޮތުން ބަޔާން މިއުނިކަށް ލޯނު އުސޫލުން އޭނާ ދޫކުރުން މަޑުޖައްސާލަން ކެޕާ ވަނީ ޗެލްސީ އަށް އަންގައިފަ އެވެ. ބަޔާން އަށް މިހާރު ކޯޗުކޮށްދޭ ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް، ކެޕާއާ ވާހަކަ ދައްކައި އެއްބަސްވުމަކަށް އައި ނަމަވެސް ރެއާލް މެޑްރިޑުގެ ހުށަހެޅުމާއެކު އޭނާގެ ވިސްނުން ވަނީ ބަދަލުކޮށްފަ އެވެ. ސްޕޭނުގެ ނޫސްތަކުން ބުނާގޮތުގައި ކެޕާ އާއި ރެއާލްއިން މިހާރު ވަނީ އަނގަބަހުން އެއްބަސްވެފަ އެވެ. ދެން އޮންނާނީ އެއްބަސްވުން ކަރުދާހަށް ތިރިކޮށް ސޮއިކުރުމުގެ މަސައްކަތެވެ.

ރެއާލް އަށް ކީޕަރެއްގެ މައްސަލަ ދިމާވީ އެއްވަނަ ކީޕަރު ތިބައޫ ކޯޓުއާގެ ކަކޫ ހަލާވެ ގިނަ ދުވަސްތަކެއްވަންދެން ނުކުޅެ ހުންނަންޖެހުމުންނެވެ. އޭނާގެ ކަކޫ އޮޕަރޭޝަންކޮށް، އަލުން ކުޅުމުގެ ތެރެއަށް އާދެވޭއިރު މި ސީޒަނުގެ ބޮޑުބައި ހޭދަވާނެ ކަމަށް ރެއާލްއިން ވަނީ ބުނެފަ އެވެ. ކޯޓުއާ އަށް އަނިޔާވުމުން ރެއާލް ސީޒަން ފެށި މެޗުގައި އިއްޔެރޭ ކުޅުވީ ޒުވާން ކީޕަރު އަންދްރޭ ލުނިން ލައްވަ އެވެ. ނަމަވެސް އެ ކުލަބުން ބޭނުންވަނީ ޔޫރަޕުގެ ތަޖުރިބާކާރު ކީޕަރަކު ގޯލުގައި ބަހައްޓާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް