ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 08:02
ބެލިންގހަމް ލަނޑު ޖެހުމަށްފަހު
ބެލިންގހަމް ލަނޑު ޖެހުމަށްފަހު
ރޮއިޓާރސް
ސްޕެނިޝް ލަލީގާ
ވާދަވެރި ފުރަތަމަ މެޗުގައިވެސް ބެލިންގހަމް ރެއާލް އަށް ލަނޑު ޖަހައިދީފި
 
އެތްލެޓިކް ބިލްބާއޯ އަތުން ރެއާލް މޮޅުވީ 2-0 ން

ރެއާލް މެޑްރިޑަށް ބަދަލުވެ ކުޅުނު ވާދަވެރި ފުރަތަމަ މެޗުގައިވެސް ލަނޑު ޖަހާ, ޓީމް މޮޅުކޮށްދިނުމުގައި ބެލިންގހަމް މުހިއްމު ދައުރެއް އަދާކޮށްފިއެވެ.

ބޮރޫޝިޔާ ޑޯޓްމަންޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެ, އިނގިރޭސި މިޑްފީލްޑަރ ކުޅުނު ފުރަތަމަ ވާދަވެރި މެޗަކީ ސްޕެނިޝް ލަލީގާގައި އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗެވެ. ލީގުގައި މިސީޒަންގައި ރެއާލްގެ ފުރަތަމަ މެޗު ކާމިޔާބުކުރީ 2-0 ނެވެ. ފުރަތަމަ ހާފްގައި ރެއާލްގެ ދެވަނަ ލަނޑު ޖެހީ ބެލިންގހަމްއެވެ. ފުރަތަމަ ލަނޑު ޖަހާ ކުރިހޯދައިދިނީ ރޮޑްރީގޯއެވެ. 20 އަހަރުގެ ބެލިންގހަމް ވެފައިވަނީ ޑޭވިޑް ބެކަމްއަށްފަހު ވާދަވެރި މެޗެއްގައި ރެއާލްއަށް ލަނޑު ޖަހައިދިން އިނގިރޭސި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ބެކަމް އެންމެ ފަހުން ރެއާލްއަށް ލަނޑު ޖެހީ 2007 ވަނަ އަހަރުއެވެ.

ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނީ ބެލިންގހަމް ހުރީ ރެއާލްގައި ވަރަށް ރަނގަޅަށް މޯޓިވޭޓްވެ, ރަނގަޅު ރޫހެއްގައި ކަމަށެވެ. އަދި އެއީ ރެއާލްއިން ސޮއިކުރި ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ. ބެލިންގހަމްގެ ކޮލިޓީއާ މެދު ސުވާލެއް ނެތްކަމަށް އެންޗެލޮޓީ ބުންޏެވެ.

ލަނޑު ޖެހުމުގެ އިތުރުން ބެލިންގހަމް މެޗުގައި މޮޅަށް ކުޅުނެވެ. އައު ސީޒަނަށް ތައްޔާރުވާން ރެއާލް ކުޅުނު ޕްރީ ސީޒަން ހަތަރު މެޗުގައިވެސް އޭނާ ކުޅުނެވެ. އޭގެތެރެއިން މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑުވެސް ޖެހިއެވެ. މިދިޔަ ސީޒަންގައި ރެއާލް އިން ލީގު ނިންމާލީ ބާސެލޯނާގެ ފަހަތުން ދެވަނާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް