Advertisement
ކ. މާލެ
|
12 އޯގަސްޓް 2023 | ހޮނިހިރު 13:56
ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހް ކޮށްދެއްވަނީ
ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހް ކޮށްދެއްވަނީ
ރައީސް އޮފީސް
މާޅެންދޫއާއި، ކުޑަފަރީގެ މަޝްރޫއުތައް
ނ. މާޅެންދޫއާއި، ކުޑަފަރީގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި
ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީން
މި މަޝްރޫއުގެ މަސައްކަތް ނިންމައި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައިދީ މިހާރު އަންނަނީ ޚިދުމަތް ދެމުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫއާއި ކުޑަފަރީގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، ކުޑަފަރީ ފުޓުބޯޅަދަނޑު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މާޅެންދޫއާ ކުޑަފަރީއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

Advertisement

ރައީސް ރަސްމީގޮތުން އިފްތިތާހްކޮށްދެއްވި، ނ. މާޅެންދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)އާއެވެ. އެގޮތުން މިމަޝްރޫއުގެ މަސައްކަތް ނިންމައި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައިދީ މިހާރު އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި ރަސްމީގޮތުން އިފްތިތާހްކޮށްދެއްވި، ނ. ކުޑަފަރީގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ވެސް ކޮށްފައިވަނީ އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކޮށްގެންނެވެ. އެގޮތުން މިމަޝްރޫއުގެ މަސައްކަތް ނިންމައި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައިދީ މިހާރު އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން ރައީސް ވަނީ، ކުޑަފަރީ، ފުޓުބޯޅަ ދަނޑުވެސް ހުޅުއްވައިދެއްވާފައެވެ. ޓަރފްއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މިދަނޑުގެ މަސައްކަތްކޮށްފައި ވަނީ، ވީ.އޭ.އެމް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް