ކ. މާލެ
|
10 އޯގަސްޓް 2023 | ބުރާސްފަތި 18:48
ނޭމާ
ނޭމާ
ގެޓީ އިމޭޖަސް
ޕީއެސްޖީ
ނޭމާއާއެކު ފަސް ކުޅުންތެރިއަކު އެންރީކޭ ޕްލޭންގައި ނެތް
 
ނޭމާ ދާން ބޭނުންވަނީ ބާސެލޯނާއަށް
 
ކޯޗު ޒަވީވެސް އޭނާ ބޭނުމެއްނުވޭ

ބްރެޒިލްގެ ފޯވަޑް ނޭމާއާއެކު ފްރާންސްގެ ޕީއެސްޖީގެ ފަސް ކުޅުންތެރިއަކު, އައު ކޯޗު ލުއިސް އެންރީކޭގެ ޕްލޭންގައި ނުހިމެނޭކަން އެކުޅުންތެރިންނަށް އޭނާ އަންގައިފިއެވެ.

ނޭމާއާއެކު މި ލިސްޓުގައި ދެން ހިމެނެނީ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާއްޓީއާއި ޕޯޗުގަލްގެ ރެނާޓޮ ސަންޗޭޒްއާއި ކެމަރޫންގެ ހޫގޭ އެކިޓިކޭއާއި ސްޕޭންގެ ހުއާން ބާނަޓްއެވެ.

މި ކުޅުންތެރިން ޓީމަށް ބޭނުންނުވާކަން ސާފުކޮށްދިނުމުގެ ގޮތުން ކޮންމެ ކުޅުންތެރިއަކާއެކު ވަކިވަކިން ދެފަހަރެއްގެ މަތީން ލުއިސް އެންރީކޭއާއި ސްޕޯޓިން ޑައިރެކްޓަރު ލުއިސް ކެމްޕޯސް ބައްދަލުކޮށްފައި ވާކަމަށް ފްރާންސްގެ ނޫސްތަކުން ބުނެއެވެ.

ބާސެލޯނާއާއި ސްޕޭންގެ ކުރީގެ ކޯޗު އެންރީކޭ މަސައްކަތް ކުރަމުންދަނީ ޒުވާން ކުޅުންތެރިން ހިމަނައިގެން ކުރިމަގަށް ރަނގަޅު ޓީމެއް ބިނާކުރުމަށެވެ.

ނޭމާއަކީ މީގެ ފަސް އަހަރު ކުރިން ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 222 މިލިއަން ޑޮލަރަށް ޕީއެސްޖީއަށް ގެނައި ކުޅުންތެރިއެކެވެ. އެއިރު އޭނާ ހުރީ އެންރީކޭ ކޯޗުކޮށްދެމުން އައި ބާސެލޯނާގައެވެ. ނޭމާގެ މި ބަދަލަކީ ބާސެލޯނާއާއި އެންރީކޭގެވެސް ނުރުހުމާއެކު އޭރު ގެނައި ބަދަލަކެވެ.

ނޭމާ މިހާރު ބޭނުންވަނީ އަލުން ބާސެލޯނާއަށް ބަދަލުވުމަށެވެ. ނަމަވެސް އޭނާ އަލުން ގެންނަން ކޯޗު ޒަވީ ހަނާންޑޭޒް ބޭނުމެއްނުވެއެވެ. ޒަވީއަކީ ނޭމާއާ އެކުގައި ބާސެލޯނާއަށް ކުޅުނު ދެ ކުޅުންތެރިން ނަމަވެސް ނޭމާ ބާސެލޯނާ ދޫކޮށްލި ގޮތަކީ އަލުން އޭނާއަށް މަރުހަބާކިޔަން ޒަވީ ބޭނުންވާ ގޮތެއްނޫނެވެ. މީގެ އިތުރުން ޒަވީ ގަބޫލުކުރަނީ ނޭމާ އަލުން ގެނެސްގެން ބާސެލޯނާއަށް ވާނެ ފައިދާއެއް ނެތްތަނުގައި، އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އިޓަލީގެ ވެރާއްޓީއަށް ސައޫދީ އަރަބިއްޔާއިން ވަނީ ހުށަހެޅުމެއް ލިބިފައެވެ. ނަމަވެސް އޭނާ ދޫކުރަން މިވަގުތު ދެކޮޅުހަދަނީ ޕީއެސްޖީގެ ވެރިޔާ ނަސީރު އަލް ހަލީފާއެވެ. ސަބަބަކީ ވެރާއްޓީ ވިއްކާލަން އޭނާ ވިސްނާ އަގާ ގާތްކުރާ އަދަދެއްގެ ހުށަހެޅުމެއް ލިބިފައިނުވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް