Advertisement
ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 00:14
އަހްމަދު ފާރިސް: އޭނާގެ ޝަރިއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ވަނީ ތާވަލުކޮށްފަ
އަހްމަދު ފާރިސް: އޭނާގެ ޝަރިއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ވަނީ ތާވަލުކޮށްފަ
މުހައްމަދު ޝަރުހާން
އަޙުމަދު ފާރިސް މައުމޫން
ފާރިސްގެ ޝަރީއަތް މާދަމާ ހެނދުނު 10.00 ގައި
ފާރިސްގެ މައްސަލަ ބެލުމަށް އެކި ގަޒީންނާ މިހާތަަނަށް ހަވާލުކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނަށް ތާވާލުކޮށްފި އެވެ.

 

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ދަރިކަލުން، ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ބާއްވަން ހަމަ ޖެހިފައިވަނީ މާދަމާ ހެނދުނު 10.00 ގައި ބޭއްވުމަށެވެ.  

 

ފާރިޝްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކޮށްފައިވަނީ ގާނޫނާ ހިލާފަށް ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކުރި ކަމަށްބުނާ މައްސަލައެއްގަ އެވެ.

 

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މިމަހުގެ ހަތަރު ވަނަ ދުވަހު އެ ދައުވާގެ ލިޔެކިޔުންތައް ފާރިޝްއާ ހަވާލުކޮށް،ފައިވާއިރު ދެން އޮންނާނީ އިބްތިދާއީ އަޑުއެހުމެވެ. މި އަޑުއެހުން ބާއްވަން އެންމެ ފުރަތަމަ ތާވަލު ކުރީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް މި މަހުގެ 13 ވަނަ ދުވަހަށް އަޑުއެހުން އެހުން އަވަސްކުރިއިރު އެ އަޑުއެހުން ފާރިސްގެ އެދުމުގެ މަތިން ފަސްކޮށްދިނެވެ. އެ ދުވަހުގެ އަޑުއެހުން ފަސްކުރީ މި މަހުގެ 20 ވަނަ ދުވަހު ބާއްވާނެ ކަމަށްބުނެ އެވެ. ނަމަވެސް އަނެއްކާވެސް 17 ވަނަ ދުވަހަށް އަވަސްކުރީ ކީއްވެ ކަމެއް ސާފެއްނުވެ އެވެ.

 

ވަނީ ފެމިލީ ކޯޓަށް ފަހުން ބަދަލު ކުރައްވާފަ އެވެ. އަދި ފާރިސްގެ މައްސަލަ ބެލުމަށް އެންމެ ފުރަތަމަ ހަވާލު ކުރެއްވި އާދަމް އާރިފް އާ އެވެ. އަދި އޭގެ ފަހުން އެ މައްސަލަ ބައްލަވަން ހަވާލު ކުރެއްވި ގާޒީ އަހްމަދު ޝަކީލް ފަހުން ވަނީ ޖުވައިނަލް ކޯޓަށް ވަޑައިގެންފަ އެވެ. އަދި އެންމެ ފަހުން އެ މައްސަލަ ބައްލަވަން އިންނެވީ ގާޒީ އިބްރާހިމް އަލީ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް