Advertisement
ކ. މާލެ
|
10 އޯގަސްޓް 2023 | ބުރާސްފަތި 08:39
އެންޑީއެމްއޭއިން ފަލަސުރުޚީ ޕްރޮގްރާމްގައި
އެންޑީއެމްއޭއިން ފަލަސުރުޚީ ޕްރޮގްރާމްގައި
ރާއްޖެއެމްވީ
އެންޑީއެމްއޭގެ މަސައްކަތްތައް
ޤާނޫނު ތަންފީޒުވެގެން ދިޔުމާއެކު މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރަން ފަސޭހަވެއްޖެ: އެންޑީއެމްއޭ
ރަށްރަށަށް ޚާއްސަކޮށްގެން ކޮމިޔުނިޓީ ޑިޒާސްޓަރ މެނޭޖްމަންޓް ޕްރޮގްރާމް ހިންގަމުންދޭ

ކާރިސާ އާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނެއް ވުޖޫދުވެގެން އައުމާއެކު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މަސައްކަތްތައް މުއައްސަސާތަކާއި ގުޅިގެން ކުރިޔަށްގެންދިޔުމަށް ފަސޭހަވެގެންދިޔަކަމަށް އެއޮތޯރިޓީގެ އިމަރޖެންސީ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ފަރޫޝާ އަލީ ނަސީރު ވިދާޅުވެއްޖެއެވެ.

Advertisement

އެންޑީއެމްއޭގެ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަރޫޝާ ވިދާޅުވީ އެންމެ ބޮޑު ތަފާތަކަށްވީ ގާނޫނު ތަސްދީގުވެގެންދިޔުމާއެކު އޮތޯރިޓީއަކަށް ބަދަލުވެގެންދިޔުން ކަމަށާއި އެހިސާބުން މަސައްކަތްތައް ރާވާލެވި ބަޖެޓުވެސް ލިބިގެންދިޔަކަމަށެވެ. އަދި ޑިފެންސް މިނިސްޓަރ ގެ ބެލުމުގެ ދަށުން ހުރިހާ ކަންކަން ރާވާލެވި ކާރިސާގެ ކަންކަމާއި އެހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރެވޭ ކަމަށް ފަރޫޝާ ވިދާޅުވިއެވެ.

އެހެން މުއައްސަސާތަކާއި ގުޅިގެން ގާނޫނުން ލިބިދޭ ބާރާއެކު ގާނޫނުގައި ވަރަށް ތަފްސީލުކޮށް ބުނެދީފައި އެބަހުރި މުއައްސަސާތަކުގެ ޒިންމާތަކާއި ކައުންސިލުތަކުގެ ޒިންމާ އާއި އާންމު ފަރުދުންގެ ޒިންމާގެ ވާހަކަ. ޒިންމާގެ އިތުރުން ހައްގުތަކެއްގެ ވާހަކަވެސް ދެކެވޭނެ. ހައްގުތަކަކާއެކު އެކު އަންނަނީ.
އެމަރޖެންސީ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ފަރޫޝާ އަލީ ނަސީރު

ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެއޮތޯރިޓީގެ ޕްރޮގްރާމް ރިސަރޗް އެންޑް އެޑްވޮކަސީ ޑިޕާޓްމަންޓްގެ ޑިރެކްޓަރ މަރިޔަމް ޝިޒްނާ ވިދާޅުވީ ރަށްރަށަށް ޚާއްސަކޮށްގެން ކޮމިޔުނިޓީ ޑިޒާސްޓަރ މެނޭޖްމަންޓް ޕްރޮގްރާމެއް ހިންގަމުން އަންނަކަމަށެވެ. ކާރިސާގެ ހިރާސް ކުޑަކުރުމަށް ކުރިޔަށްގެންދާ މި ޕްރޮގްރާމްތައް ކުރިޔަށް ގެންދަނީ އެކި ގޮތްގޮތުން ހޮވާލެވޭ ރަށްރަށުގައި ކަމަށާއި އެންމެ ބޮޑަށް އިސްކަންދެނީ އެކަމަށް އެދޭ ރަށްރަށަށް ކަމަށް ޝިޒްނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް