ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 20:29
ގާސިމް އިބްރާހިމް އެމްބިއުލާންސްގައި
ގާސިމް އިބްރާހިމް އެމްބިއުލާންސްގައި
އަޒުމޫން އަހުމަދު
ޤާސިމް އިބްރާހިމް
ބޭސްފަރުވާއަށް ވަޑައިގަތުމަށް އުޅުއްވުމުން ގާސިމްގެ ޕާސްޕޯޓް ހިފަހައްޓައިފި
ފުރާވަޑައިގަތުން ހުއްޓުވީ އެއާޕޯޓަށް ވަޑައިގަތުމުން
ގާސިމް ފުރަތަމަ އެޑްމިޓް ކުރެއްވީ މެޑިކާ ހޮސްޕިޓަލްގައި
މިހާރު ގާސިމަށް ފަރުވާ ދެއްވަމުން ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލްގައި

މެޑިކާ ހޮސްޕިޓަލްގައި މިއަދު އެޑްމިޓް ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލަތު ގޯސްވެ، އިތުރު ފަރުވާއަށް މިރޭ ސިންގަޕޫރަށް ފުރާވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުން އެކަން ހުއްޓުވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވި ގޮތުގައި ގާސިމް ސިންގަޕޫރަށް ފުރާވަޑައިގަތުމަށް ސިންގަޕޫރަށް ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެންނެވިއިރު، އެ މަނިކުފާނުގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ. 

"ޖިނާއީ އިޖުރާއަތުގެ ޣާނޫނުގައި ބުނާ ގޮތުން ދުރާލައި އެންގުމެއް ނެތި ޕާސްޕޯޓެއް ނުހިފެހެއްޓޭނެ،" ސަމީރު ވިދާޅުވި އެވެ. 

ގާސިމް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެއްވަން ފައްޓާފަ އެވެ. 

މެޑިކާ ހޮސްޕިޓަލްގައި ގާސިމް އެޑްމިޓްކުރެއްވީ، ކާރުކޮޅުގައި އޮފީހަށް ވަޑައިގަންނަވަނިކޮށް، ބޯ އަނބުރަައި، ހޮޑުލަވާ ގޮތްވެ، އަދި ނޭވާ ކުރުވާން ފެށުމުން ކަމަށް ސަމީރު ވިދާޅުވި އެވެ.

އާދީއްތަ ދުވަހު މެންދުރެއްހާއިރު ގާސިމް އެޑްމިޓްކޮށް ފަރުވާ ދޭން ފެއްޓެވިއިރު، އޭނާގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި އޮތީ އެޖެންޑާކޮށްފަ އެވެ. އާދީއްތަ ދުވަހު 2:00 އަށް ތާވަލްކޮށްފައި އޮތް މި މައްސަލައިގެ ގާސިމްގެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓްގައި އޮތީ ތާވަލްކޮށްފަ އެވެ. އެ އަޑުއެހުން ކެންސްލްކުރީ ގާސިމް އެޑްމިޓްކުރުމާ ގުޅިގެންނެވެ.

- ކޮމެންޓް
16 ޖުލައި 2017 | އާދީއްތަ 21:35
މާޔާ
yaa Allah. Yaameenu ge aniyaveri kamun dhivehin salaamai kuravvaandhey. Gasimaka noon thi kulheveny. dhivehinge leya. Handhaan kuraathi. kaley fanaavaany aharemenge badhu dhuaa in.