Advertisement
ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 19:05
ފުވައްމުލަކުން ގެއްލުނު ޝާފިއު: ފުލުހުން ދަނީ ހޯދަމުން
ފުވައްމުލަކުން ގެއްލުނު ޝާފިއު: ފުލުހުން ދަނީ ހޯދަމުން
ޕޮލިސް
ފުވައްމުލަކުން ގެއްލުނު މީހާ
ފުވައްމުލަކުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް
އޭނާ އެންމެފަހުން ލައިގެން ހުރީ ހުދު ގިރުވާނެއް ލީ ކަޅު ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް

ފުވައްމުލަކުން ގެއްލިގެން ހޯދަމުންދާ އެރަށު އޮޅުތެރޭގެ އުމުރުން 43 އަހަރުގެ މުހައްމަދު ޝާފިއު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން ބުނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ވީނުވީ ތަނެއް ނޭނގިގެން ހޯދަމުން އަންނަ ޝާފިއު ގެއްލިގެން އާއިލާއިން ރިޕޯޓް ކޮށްފައިވަނީ އެރޭ 00:05 ގައި ކަމަށެވެ.

ފުލުހުން ބުނީ އެވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި އެމްއެންޑީއެފް ގުޅިގެން ދަނީ ކުރަމުން ކަމަށެވެ. އެގޮތުން ފަޅު ގެތަކާއި ހޭޅިފަށާއި ވަލުތެރެ ދަނީ ބަލަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝާފިއުގެ ފޮޓޯ ޢާއްމުކޮށްގެން މިއަދު ހޯދަން ފަށާފައިވާއިރު ފުލުހުން ބުނީ އޭނާ އެންމެފަހުން ލައިގެން ހުރީ ހުދު ގިރުވާނެއް ލީ ކަޅު ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
16 ޖުލައި 2017 | އާދީއްތަ 22:34
މަރަކޮސް
ތީނަ ޢެބައުޅޭ.ކީއްވެ ގެޢްލުނީ.