Advertisement
ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 16:21
މުހައްމަދު ވަހީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަނީ
މުހައްމަދު ވަހީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
މުހައްމަދު ވަހީދު އިބްރާހިމް
އާޒިމާ މަސައްކަތް ކުރައްވަނީ އުއްތަމަ ފަނޑިޔާރުކަން ހޯދަން:ވައްޑެ
އާޒިމާގެ ގާނޫނީ މަސައްކަތައް ވަރަށް ބޮޑަށް ފާޑު ވިދާޅުވި

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު މަސައްކަތް ކުރައްވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމު ހޯއްދެވުމަށް ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

 

ހޮނިހިރު ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލް ވަހީދު ވިދާޅުވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމަށް ވަޑައިގެން އާޒިމާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހޯދެއްވުމަށް ކަމަށެވެ.

 

އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ބޭނުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދުނާމުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުތައް ހުސްކުރެއްވުމަށް އާޒިމާ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވަހީދު ތުހްމަތު ކުރެއްވި އެވެ.  އެހެން ނަމަވެސް އެކަމަށް ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.  

 މީގެ އިތުރުން އާޒިމާގެ ގާނޫނީ މަސައްކަތަކަށްވެސް ވަހީދު ވަނީ ވަރަށް ބޮޑަަށް ފާޑު ވިދާޅުވެފަ އެވެ. 

 އާޒިމާއާއި ވަހީދު އަކީ މީގެ ކުރިން އެއް ޕާޓީއެއްގައި އެއްކޮން މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. ވަހީދުގެ ދަރިކަލުންވެސް ވެސް މި ސަރުކާރުގައި ރައީސް އޮފީހުގައި މަސައްކަތް ކުރައްވާފައިވެ އެވެ. 

 މިކަންކަމާ ގުޅޭ ގޮތުން އާޒިމާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް