ކ. މާލެ
|
5 އޯގަސްޓް 2023 | ހޮނިހިރު 22:20
ކުރީގެ ރައީސް އަބްދުﷲ ޔާމީނު
ކުރީގެ ރައީސް އަބްދުﷲ ޔާމީނު
ރާއްޖެއެމްވީ
ޔާމީނުގެ ކެންޑިޑެސީ މައްސަލަ
ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ ހުކުމް ކުރުން މާދަމާ
މި މައްސަލަ ތައާވަލްކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ށް
އީސީން ވަނީ ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައި
ސުޕްރީމް ކޯޓުން ދައުލަތް ތަދައްހުލު ކުރުވާފައިވާއިރު، ޕީޕީއެމްއިންވެސް ވަނީ މައްސަލައަށް ތަދައްޚުލުވެފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެންޑިޑެސީ މައްސަލާގެ ހުކުމް ކުރުން އާދިއްތަ ދުވަހަށް ތައާވަލްކޮށްފިއެވެ.

މި މައްސަލަ ތައާވަލްކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ށެވެ.

ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ 4 އޯގަސްޓް 2023 ވީ ހުކުރު ދުވަހުގެ ރޭ 23:25 ގައެވެ.

މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް ތަފްސީލީ ގޮތެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ފަނޑިޔާރުން ދެއްވިއެވެ.

އީސީން ވަނީ ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައެވެ. އެގޮތަށް ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ކެނޑިޑޭޓުންގެ ޝަރުތު ހަމަނުވާތީއެވެ. އެއީ 11 އަހަރުގެ ޖަލު ޙުކުމުގެ ސަބަބުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާ ގެ (ޅ) ގައި ބުނާ ޝަރުތު ފުރިހަމަނުވާތީއެވެ.

އަދި ސާބިތު ދަރަންޏެއް އޮތްކަމާއި، ޖަލުތަކާއި ޕެރޯލް ޤާނޫނުގައި ބުނެފައިވާ ސިޔާސީ ޙަރަކާތުގެ ވާހަކަވެސް ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތް ސަބަބުތަކުގެ ތެރޭގައި އީސީން ޕާޓީއަށް އަންގާފައިވެއެވެ.

މި މައްސަލައަށް ސުޕްރީމް ކޯޓުން ދައުލަތް ތަދައްހުލު ކުރުވާފައިވާއިރު، ޕީޕީއެމްއިންވެސް ވަނީ އަމިއްލައަށް އެދިގެން މައްސަލައަށް ތަދައްޚުލުވެފައެވެ.

- ކޮމެންޓް