Advertisement
ކ. މާލެ
|
5 އޯގަސްޓް 2023 | ހޮނިހިރު 19:21
ރާޅުގަނޑު ސަރަހައްދާ ދިމާލުން ބޮޑުތަކުރުފާނު މަގަށް ރާޅު އަރާފައި
ރާޅުގަނޑު ސަރަހައްދާ ދިމާލުން ބޮޑުތަކުރުފާނު މަގަށް ރާޅު އަރާފައި
އަމްނާ އިމާދު
އުދައިން ރައްކާތެރިވުން
އުދައަރަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
އުދަ އަރައިގެން ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވާންޖެހޭ
ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ
އުދައާއި އެކު ރަށު ރަށުތެރެއަށް ފެތުރޭ ކުނިބުނި އަވަހަށް ސާފުކުރަންޖެހޭ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައަރަމުންދާތީ، އާއްމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރާއްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭއިން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އެގޮތުން މާލެ-ހުޅުމާލެ ހައިވޭއާއި ހެންވޭރު ސަރަހައްދަށް އުދައަރައި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިރެއާއި މާދަމާވެސް އުދަ އަރާފާނެ ކަމުގެ މައުލޫމާތު މޫސުމާ ބެހޭ ގައުމީ އިދާރާއިން ދޭ ކަމަށް އެންޑީއެމްއިން ބުނެއެވެ.

އެހެންކަމުން އުދައަރައިގެން އާއްމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނޭ ގެއްލުމަކުން ރާއްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކޮށް، އެންޑީއެމްއޭއިން ބުނީ އުދަ އަރައިގެން ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވާންޖެހޭ ކަމަށާއި، ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެގޮތުން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމަށް އެދިފައިވެއެވެ.

Advertisement

މީގެ އިތުރުން އެންޑީއެމްއޭއިން ބުނީ ގޭތެރޭގައި ފެން ބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުމާއި، އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި ބަނދަރު ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކު ނުކުރުމަށާއި، ބަނދަރުގައި އަޅާފައިވާ އޮޑި ދޯނި ފަހަރުގެ ވައު ކަނޑައިގެން ނުދާނޭފަދަ އަކުން އެއްސުމަށް އިލްތިމާސްކޮށްފައިވެއެވެ.

އެންޑީއެމްއޭއިން ބުނީ މާލެ އަދި ހުޅުމާލެ ބުރިޖުން ދަތުރުކުރާ ފަރާތްތަކުން ޚާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑީގައި ދަތުރު ކުރުމުގައި އިތުރަށް ސަމާލުވާންޖެހޭ ކަމަށެވެ.

އެންޑީއެމްއޭއިން ވަނީ ކުރިމަތިވެދާނޭ އާއްމު ސިއްހީ މައްސަލައަކުން ސަލާމަތްވުމަށް، އުދައާއި އެކު ރަށު ރަށުތެރެއަށް ފެތުރޭ ކުނިބުނި އަވަހަށް ސާފުކުރުމަށް ވެސް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް