Advertisement
ކ. މާލެ
|
5 އޯގަސްޓް 2023 | ހޮނިހިރު 07:44
އއ. މާޅޮހު ބަނދަރު
އއ. މާޅޮހު ބަނދަރު
އެމްޓީސީސީ
މާޅޮހު ބަނދަރު
މާޅޮހު ބަނދަރުގެ ބޮޑުބައެއް ނިންމާލައިފި
މާޅޮހު ބަނދަރުގެ ޖެޓީ ހެދުމާއި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވަނީ ނިމިފައި

އއ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 80 އިންސައްތަ ނިންމާލައިފިއެވެ.

މި މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ، މާޅޮހު ބަނދަރުގެ ޖެޓީ ހެދުމާއި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. މި މަޝްރޫއުގެ ދަށުން، 20,049 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1,969 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 2,317 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ، ކުރީގެ ހާބަރ ބޭސިން ފުންކުރުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 400 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، ރޭމްޕެއް ހެދުމާއި ޖެޓީއެއް ހެދުމާއި، 2240 ސްކޮޔަރ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

Advertisement

މި މަޝްރޫއަކީ 63.25 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް