ކ. މާލެ
|
5 އޯގަސްޓް 2023 | ހޮނިހިރު 07:41
ސުނިލް ޗެތުރީ އޭނާގެ ބައްޕައަކަށްވާން އުޅޭކަން އިއުލާނުކުރި މެޗު ބެލުމަށް، އަންހެނުން ސޯނަމް (ކ) މަޑުކޮށްލައިގެން
ސުނިލް ޗެތުރީ އޭނާގެ ބައްޕައަކަށްވާން އުޅޭކަން އިއުލާނުކުރި މެޗު ބެލުމަށް، އަންހެނުން ސޯނަމް (ކ) މަޑުކޮށްލައިގެން
ގޫގުލް
ސުނިލް ޗެތުރީ
ބައްޕައަކަށްވާތީ، ޗެތުރީ ގައުމީ ޓީމުން ވަކިވެއްޖެ
ތައިލެންޑުގައި ބާއްވާ ކިންގްސްކަޕުގައި އޭނާއެއް ނުކުޅޭނެ

އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ، ބައްޕައަކަށްވާން އުޅޭތީ، ގައުމީ ޓީމުން ވަގުތީގޮތުން ވަކިވެއްޖެއެވެ.

އުމުރުން 37 އަހަރުގެ ޗެތުރީ ވަނީ މި މަހުގެ 10ން 17އަށް ތައިލެންޑުގައި ބާއްވާ ކިންގްސްކަޕުގައި ކުޅޭ އިންޑިޔާ ޓީމަށް އޭނާ ނުނެގުމަށް ކޯޗުގެ ކިބައިން އެދިފައެވެ.

އަހަރެން ވާނީ ކޯޗު ގާތުގަ ބުނެފަ އަހަރެން މި ފަހަރު ޓީމަކަށް ނުނަގަން. އަހަރެން މިހުރީ ބައްޕައަކަށް ވާން ކެތްމަދުވެފަ. އަހަރެންގެ އަންހެނުން ވިހާ ދުވަސް ވަރަށް ކައިރިވެއްޖެ. އަހަރެން ބޭނުންވަނީ މިވަގުތު ކައިރީގަ ހުންނަން.
ޗެތުރީ ބުންޏެވެ.

އިންޑިޔާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ, އޭނާގެ އަންހެނުން ސޯނަމް ޗެތުރީ ބަލިވެއިންކަން އިއުލާނުކުރީ ގައުމީ ޓީމު މި އަހަރު ކުރީ ކޮޅު ވަނުއާޓޫއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ލަނޑު ޖަހާފައި ޗެތުރީ ވަނީ ޖަރޒީ ދަށަށް ބޯޅަލައި، އޭނާ ބައްޕައަކަށްވާން އުޅޭކަން އަތުގެ އިޝާރާތުން އިއުލާނުކޮށްފައެވެ. މި މެޗު ބަލަން ސްޓޭޑިއަމުގައި އޭނާގެ އަންހެނުން ސޯނަމްވެސް އިނެވެ.

ޗެތުރީއަކީ އަންނަ އަހަރު ޖެނުއަރީ މަހު އޮންނަ އޭޝިއަން ކަޕަށް ތައްޔާރުވާ އިންޑިޔާ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. އަދި އޭނާއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ހުރި އެންމެ ޑިސިޕްލިން ރަނގަޅު އަދި އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު، އަދި ރަންބޫޓު ވެސް ތިން ފަހަރު ހޯދާފައެވެ.

- ކޮމެންޓް