Advertisement
ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 13:31
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ގާސިމް އިބްރާހިމް
ގާސިމް މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ގާސިމް އެޑްމިޓްކުރެއްވިއިރު، ކްރިމިނަލް ކޯޓްގައި އޭނާގެ މައްސަލަ މިއަދު 2:00 އަށް ވަނީ ތާވަލްކޮށްފައި

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ރާއްޖެއެމްވީއަށް ވިދާޅުވީ ގާސިމް އެޑްމިޓް ކޮށްފައިވަނީ އޮފީހަށް ވަޑައިގަންނަވަނިކޮށް ބޯ އަނބުރަައި، ހޮޑުލަވާ ގޮތްވެ، އަދި ނޭވާ ކުރުވާން ފެށުމުން ކަމަށެވެ.

"އާލާސްކަންފުޅު ޖެހުނީ ކާރުކޮޅުގައި އިންނަވަނިކޮށް،" ސަމީރު ވިދާޅުވި އެވެ. 

އޭރު ކާރުކޮޅު އޮތީ ބަންޑާރަ މިސްކިތް ކައިރީގައި ކަމުން އެންމެ އަވަހަށް ދެވޭ ހޮސްޕިޓަލަކަށް ގާސިމް ވަޑައިގަތީ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ. 

"ޑޮކްޓަރަށް ދެއްކުމުން އެޑްމިޓް ކުރެއްވީ،" އޭނާ ވިދާޅުވި އެވެ.

ގާސިމް މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު މިއަދު 2:00 އަށް ކްރިމިނަލް ކޯޓުން ވަނީ މައްސަލައެއް ތާވަލް ކޮށްފައެވެ. އެހެންވެ، މިކަމާ ގުޅޭ ގޮތުން ލޯޔަރުން ގެންދަވަނީ މަޝްވަރާ ކުރައްވަމުން ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް