Advertisement
ކ. މާލެ
|
2 އޯގަސްޓް 2023 | ބުދަ 22:58
އަލިފާން ރޯވި ކާރު
އަލިފާން ރޯވި ކާރު
އެމްއެންޑީއެފް
ކާރެއްގައި އަލިފާން ރޯވުން
ކުޅުދުއްފުށީގެ ގަރާޖެއްގައި އޮތް ކާރެއްގައި އަލިފާން ރޯވެ، ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
އަލިފާން ނިއްވާލާފައިވަނީ ބުދަ ދުވަހުގެ ހަވީރު 17:45 ހާއިރު
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ

ކުޅުދުއްފުށި ސިޓީ ގަރާޖެއްގައި އޮތް ކާރެއްގައި އަލިފާން ރޯވެ، ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށި ސިޓީ ގަރާޖެއްގައި އޮތް ކާރެއްގެ ބޮނެޓްގައި ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ބުދަ ދުވަހުގެ ހަވީރު 17:31 އެހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ވަނީ އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.

Advertisement

އެގޮތުން އެ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން، ކާރުގެ ބޮނެޓްގައި ރޯވެފައިހުރި އަލިފާން ނިއްވާލާފައިވަނީ ބުދަ ދުވަހުގެ ހަވީރު 17:45 އެހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް