Advertisement
ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 12:30
މަޖިލީހުގެ މާލިއްޔަތު ކޮމިޓީ
މަޖިލީހުގެ މާލިއްޔަތު ކޮމިޓީ
ރާއްޖެއެމްވީ
މަޖިލިސް
އައިއެމްއެފްގެ ޓީމާއެކު ބޭއްވި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި
މަޖިލީހުގައި މި ބައްދަލުވުން އޮތީ 11:30 ގައި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އަދި އިގްތިސާދީ ކޮމިޓީގެ މެމްބަރުން  އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑު ( އައިއެމްއެފް) ވަފުދާއެކު މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ. 

ކޮމިޓީ ސިއްރުކުރި ސަބަބެއް މަޖިލީހުން ހާމައެއް ނުކުރެ އެވެ. 

މި ބައްދަލުވުން ސިއްރުކޮށްފައިވަނީ، މިޑިޔާގެ ފަރާތްތަކުން މަޖިލީހަށް ދިޔަފަހުންނެވެ. އައިއެމްއެފްގެ ޓީމާއެކު މަޖިލީހުގެ މެބްބަރުން ބޭއްވުމަށް ހަމަޖެއްސި ބައްދަލުވުމުގައި އައިއެމްއެފް ދިހަ ވަރަކަށް އޮފިޝަލުން ބައިވެރިވެފައިވެ އެވެ.

 ހެނދުނު 11:30 ހާއިރު ފެށި މި ބައްދަލުވުން ނިންމާލާފައިވަނީ 1:30 ހާއިރު އެވެ.  މިބައްދަލުވުމުގައި އައިއެމްއެފް އިން ވަނީ އެބޭފުޅުން އެކުލަވާލާފައިވާ، އިގްތިސާދީ ރިވިއު ހިއްސާކޮށްފަ އެވެ.  

ކޮންމެ އަހަރަކު ވެސް އައިއެމްއެފްގެ ޓީމާއެކު މަޖިލީހުން ބައްދަލުވުން ބާއްވާއިރު، މިއީ މި ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފައި ވަނީ މި އަހަރާއި މިދިޔަ އަހަރު އެވެ. އޭގެ ކުރީގެ އަހަރުތަކުގައި ބައްދަލުވުން ވަނީ ބާއްވާފައިވަނީ ހުޅުވާލައިގެންނެވެ. 

ރާއްޖޭގެ އިގްތިސާދުގެ ރިވިއުއެއް ހެދުމަށް ރާއްޖެ ވަޑައިގެންނެވި ޓީމާއެކު މަޖިލީހުގެ އިގްތިސާދީ އަދި މާލިއްޔަތު ކޮމިޓީއިން ބައްދަލުކޮށްފައިވަނީ މިިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް