އިނގިރޭސި ޕްރެމިއާ ލީގުގެ ތައްޓަށް ވާދަކުރަން ތައްޔާރުވާ ހަމައެކަނި ޓީމަކީ ދިފާއީ ޗެމްޕިއަން މެންޗެސްޓާ ސިޓީ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ސިޓީ އަކީ ފާއިތުވެދިޔަ ހަ ސީޒަނުގެ ތެރޭގައި ފަސް ފަހަރު ތަށި ހޯދި ޓީމެވެ. އެޓީމަށް ތަށި ގެއްލުނީ 2020 ވަނަ އަހަރުގެ ސީޒަނުގަ އެވެ. އެ ފަހަރު ތަށި ހޯދީ ލިވަޕޫލެވެ.
ކްލޮޕް ބުނީ ހަޤީޤަތަށް ވާހަކަ ދައްކާނަމަ ސިޓީ ފިޔަވައި އެހެން ޓީމުތަކަށް ޖެހޭނީ ގަދަ ހަތަރަކަށް ވާދަކުރަން ކަމަށެވެ.
![](https://dyncz33htw1ec.cloudfront.net/posts/593a5a6c-f592-4376-9c7c-bb72fee367e5.png)
ވަރަށް ކުރީ ބައިގައި (ގަދަ ހަތަރެއް ކަށަވަރުވެ) ޗެމްޕިއަންސް ލީގަށް ކޮލިފައިވެވިއްޖެނަމަ އެއްވަނާގައި އޮންނަ ޓީމާ މާދުރުނޫން ހިސާބެއްގައި އޮވެވިއްޖެނަމަ ތައްޓަށް ވާދަކުރެވިދާނެ. އެހެންނޫނީ އެއްވެސް ޓީމަކަށް ތައްޓަށް ވާދަކުރެވޭނެހެން ހިޔެއްނުވޭކްލޮޕް![]()
އޭނާ އަދި ބުނީ ހުސްވި ސީޒަނަކީ ލިވަޕޫލަށް ނާކާމިޔާބު ސީޒަނަކަށްވުމުން މި ސީޒަނުގައި އެކަން ރަނގަޅު ކުރުމަށް އެންމެ މުހިންމީ ޑިފެންސް ވަރުގަދަ ކުރުން ކަމަށެވެ. މި ގޮތުން އެއް ފެންވަރެއްގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭކަން އޭނާ ފާހަގަ ކުރި އެވެ.
ކްލޮޕް ބުނީ މޮޅު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކުރުމަކީ ތައްޓާ ހިސާބަށްދާން ލިބޭ ބާރެއް ކަމަށާއި މި މަހު ފަށާ ސީޒަނުގައި ގިނަ ޓީމުތައް ވަރަށް ހަމަހަމަކޮށް ފެނިގެންދާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.