Advertisement
ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 10:49
ގާސިމް އިބްރާހީމް
ގާސިމް އިބްރާހީމް
ރާއްޖެ އެމްވީ
ގާސިމްގެ ޝަރީއަތް
ގާސިމްގެ ޝަރީއަތް މިއަދު 2:00 އަށް ތާވަލްކޮށްފި
އެމައްސަލަ ބާތިލް ކުރުމުން އަލުން ހުށަހެޅީ ބުދަ ދުވަހު
އެ ދައުވާގެ ލިޔެކިޔުންތައް ގާސިމް އާއި ހަވާލުކުރައްވާފައިވަނީ ބުރާސްފަތި ދުވަހު
ހުކުރު ދުވަހުގެ ރޭ އަޑުއެހުމެއް ތާވަލް ކުރުމަށްފަހު، ވަނީ ކެންސަލް ކޮށްފަ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހުގެ 2:00 އަށް ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފިއެވެ.

ދައުލަތުން ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިދިޔަ ހުކުރު ދުވަހުގެ ރެއަށް ތާވަލް ކުރުމަށްފަހު، ކްރިމިނަލް ކޯޓުން ފަހުން ވަނީ އެ އަޑުއެހުން ކެންސަލް ކޮށްފަ އެވެ.

ދައުލަތުން މީގެ ކުރިން އޭނާގެ މައްޗަށް އުފުލި ތިން ދައުވާއެއް ކޯޓުން ބާތިލް ކުރުމުން، މިދިއަ ހަފްތާގައި ކްރިމިނަލް ކޯޓަށް އަލުން ވަނީ މައްސަލަ ހުށަހަޅާފަ އެވެ. މި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބުރާސްފަތި ދުވަހުގެ ހެނދުނު ވަނީ ގާސިމްއާއި ހަވާލުކޮށްފައެވެ. ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ގާސިމަށް ފޮނުވާފައިވާ ކޯޓު އަމުރުގައިވާ ގޮތުން ގާސިމް ކޯޓަށް ހާޒިރު ކުރައްވަނީ ރިޝްވަތު ދިނުމަށް ހުށަހެޅި ކަމުގެ ދައުވާއާއި ގުޅިގެންނެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ ޤާސިމްގެ މައްޗަށް ދައުވާކޮށްފައިވާ ތިން މައްސަލަ ވެސް ކޯޓުން ބޭރުކޮށްލީ ޝަރީއަތް ފަސްކޮށް ދިނުމަށް އެދިފައި ވަނިކޮށް ކަމަށެވެ. އެކަން ކޯޓްގެ ރަޖިސްޓްރާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ބިޝާމް ވިދާޅުވެފައިވެ އެވެ. ޤާސިމްގެ މައްސަލަ ކޯޓުން ބޭރުކޮށްލިއިރު އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން އޭރު އިސް ގާޒީއަކަށް ހުންނެވި ޢަބްދުލް ބާރީ ޔޫސުފް މިހާރު ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައެވެ.

މިމަހުގެ ދެ ވަނަ ދުވަހު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން ލިޔެކިޔުންތައް ބަަދަލުކޮށް، އިބްތިދާއީ އަޑުއެހުމެއް ބާއްވަން ޖެހެއެވެ. މައްސަލައިގެ ޝަރީއަތް ފަށާނީ އިބްތިދާއީ އަޑުއެހުމަކަށް ފަހުއެވެ. އެހެންކަމުން ހުކުރު ދުވަހު އޮންނާނީ ގާސިމްގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
16 ޖުލައި 2017 | އާދީއްތަ 11:24
މުޙައްމަދު
ޤާސިމަށް އަންނާނެ ހުކުމުގެ މިންވަރާއި ބާވަތް ކޮންމެވެސް ބަޔަކަށް މިހާރު އެނގޭނެ