ކ. މާލެ
|
30 ޖުލައި 2023 | އާދީއްތަ 12:08
މާރޭޒް އާއި ގާޑިއޯލާ
މާރޭޒް އާއި ގާޑިއޯލާ
ގޫގުލް
ޕެޕް ގާޑިއޯލާ
ސައުދީ ޕްރޯ ލީގުން ޓްރާންސްފާ މާކެޓް ބަދަލުކޮށްލައިފި: ގާޑިއޯލާ
 
އެންމެ ފަހުން ބަދަލުވި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ އަލް އަހްލީ އާ ގުޅުނު ސިޓީގެ ރިޔާދު މާރޭޒް

ސައުދީ ޕްރޯ ލީގުން ޓްރާންސްފާ މާކެޓް ބަދަލުކޮށްލައިފިކަމާ، ބޮޑެތި ކުލަބުތަކުން މިކަމަށް ވިސްނަން ޖެހޭކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިދިޔަ ޑިސެމްބަރު މަހު ކްރިސްޓިއާނޯ ރޮނާލްޑޯ ސޮއިކުރުމަށްފަހު، މި ހޫނުމޫސުމުގައި ސައުދީ ޕްރޯ ލީގުގެ ކުލަބުތަކުން ދަނީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ސޮއިކުރަމުންނެވެ. އެންމެ ފަހުން ބަދަލުވި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ އަލް އަހްލީ އާ ގުޅުނު ސިޓީގެ ރިޔާދު މާރޭޒް އެވެ.

ގާޑިއޯލާ ބުނީ މީގެ ދުވަސްކޮޅެއް ކުރިން ރޮނާލްޑޯ ސައުދީއަށް ދިޔައިރު، މިހާ ގިނަ ކުޅުންތެރިން އެ ލީގާ ގުޅޭނެކަމަށް ހީނުކުރާކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އިތުރު ކުޅުންތެރިން ގުޅޭނެ ކަމުން، ބޮޑެތި ކުލަބުތަކުން މިހާރުވެސް ސަމާލުވާން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

މާރޭޒް ސިޓީ ދޫކޮށްލުމާ ގުޅޭގޮތުން ގާޑިއޯލާ ބުނީ، އޭނާއަށް އިންކާރު ނުކުރެވޭ ފަދަ ބޮޑު ހުށަހެޅުމެއް މާރޭޒް އަށް ހުށަހެޅިކަމަށެވެ. 30 މިލިއަން ޕައުންޑަށް މާރޭޒް އަލް އަހްލީއާ ގުޅުނުއިރު، ނިއުކާސަލް ޔުނައިޓެޑްގެ އެލަން ސެއިންޓް މެކްސިމިންވެސް ވަނީ އެ ޓީމާ ގުޅުމާ ގާތަށް ޖެހިލާފައެވެ.

މިދިޔަ ހަފްތާގައި ޕްރިމިއަރ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗަޑް މާސްޓާސް ވިދާޅުވީ ސައުދީ އަރަބިޔާގެ ނުފޫޒު ބޮޑުވިނަމަވެސް، ޕްރިމިއަރ ލީގުން ހާސްނުވާ ކަމަށެވެ.

ގާޑިއޯލާ ބުނީ ސައުދީ ލީގުން މަސައްކަތް ކުރަނީ އެ ލީގަކީ ވަރުގަދަ ލީގަކަށް ހެދުމަށް ކަމަށެވެ. އަދި މިހާރު އެ ލީގު ދަނީ ރަނގަޅު މިސްރާބަކަށް ކަމަށާ، ގިނަ ކުޅުންތެރިންތަކެއް އެ ލީގު ތަޖުރިބާ ކޮށްލަން ބޭނުންވާ ކަމަށެވެ.

މާރޭޒްގެ ބަދަލުގައި ކުޅުންތެރިއެއް ގެނައުމަށް އަދި ގޮތެއް ނުނިންމާކަމަށް ގާޑިއޯލާ ބުންޏެވެ. އޭނާ ބުނީމ، އެކަމަށް ގޮތެއް ނިންމާނީ ލޯނު އެއްބަސްވުމުގެ ދަށުން ފޮނުވާލި ކުޅުންތެރިންގެ ފެންވަރު ބެލުމަށްފަހު ކަމަށެވެ.

އިކާއީ ގުންޑޮގާންވެސް ހިލޭ އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އާ ގުޅިފައިވާއިރު، ސިޓީއިން މި ހޫނުމޫސުމުގައި މިހާތަނަށް ސޮއިކުރީ ހަމައެކަނި މަޓެއޯ ކޮވަސިޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
100%
0%
ކޮމެންޓް