ކ. މާލެ
|
29 ޖުލައި 2023 | ހޮނިހިރު 17:41
މާޒިޔާއާއި ވެލެންސިއާ ބައްދަލުކުރާ މެޗު
މާޒިޔާއާއި ވެލެންސިއާ ބައްދަލުކުރާ މެޗު
އެފްއޭއެމް
ދިވެހި ޕްރިމިއަރ ލީގު
ވެލެންސިއާގެ ގިނަ ކުޅުންތެރިންތަކެއް ބަލިވެ، މާޒިޔާއަށް މެޗު ލިބިއްޖެ
 
ވެލެންސިއާ ޓީމުގެ ގިނަ ކުޅުންތެރިންތަކަކަށް ވަނީ މިވަގުތު ފެތުރެމުންދާ ރޯގާ ޖެހިފައި

ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ލިބިއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތު ދިން ގޮތުގައި، ވެލެންސިއާ ޓީމުގެ ގިނަ ކުޅުންތެރިންތަކަކަށް ވަނީ މިވަގުތު ފެތުރެމުންދާ ރޯގާ ޖެހިފައެވެ. އަދި އެކަމުގެ ސަބަބުން މެޗަށް ހާޒިރުނުވެވޭނެކަމަށް ވެލެންސިއާއިން އެފްއޭއެމަށް އަންގާފައިވެއެވެ.

ވެލެންސިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓީމުގެ ގިނަ ކުޅުންތެރިންތަކަކަށް ރޯގާގެ އަސަރު ކޮށްފައިވާތީ އެފްއޭއެމަށް އަންގާފައި ވާނެކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން، މީހުން އެއްވެ ހަރަކާތްތައް މަދުކުރުމަށް އިލްތިމާސްކޮށްފައިވާ ދަނޑިވަޅުގައި ވެލެންސިއާއިން މެޗު ފަސްކޮށްދިނުމަށް އެދުނުކަމަށެވެ.

ނަމަވެސް، މެޗު ފެށެން ކައިރިވެފައި ވަނިކޮށް ނާދެވޭކަން އެންގުމުން، މުބާރާތުގެ ގަވައިދާ އެއްގޮތަށް މުބާރާތުގެ ކޮމިޓީން ނިންމީ ވެލެންސިއާ މެޗު ދޫކޮށްލީކަމަށެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު، މާޒިޔާއަށް ވަނީ ހަ މެޗުން 18 ޕޮއިންޓު ލިބިފައެވެ. މުބާރާތުގައި ޕޮއިންޓެއް ނުލިބޭ ހަމައެކަނި ޓީމަކީ ވެލެންސިއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް