ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 01:48
އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް
އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް
އަޒުމޫން އަހުމަދު
ޝިދާތާ ޝަރީފް
ރައީސް ޔާމިން ގެންދަވަނީ ރައްޔިތުންނަށް މަލާމާތް ކުރައްްވަމުން:ޝިދާތާ
މި ސަރުކާރު ގެނައީ ގިނަ ބަޔަކު މަސައްކަތްކޮށްގެން
ސަރުކާރުގެ ވަކި ހިސާބަކުން އެހުރިހާ އެންމެން ދިޔައީ.
ސަރުކާރުގެ ޤާނޫނީ ހައިސިއްޔަތެއް ނެތްް

ރާއްޖޭގެ ރައްޔިތުންނަނީ މޮޔައިން ކަމަށް ރައީސް ޔާމިން ޤަބޫލުފުޅުކުރައްވާ ކަމަށާއި އަދި ރައީސް ޔާމިން ގެންދަވަނީ ރައްޔިތުންނަށް މަލާމާތް ކުރަމުން ކަމަށް އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

 

"ރައްޔިތުންގެ ބަދަލު" ގެ ނަމުގައި ގުޅިފައިވާ ޕާޓީތަކުން ގދ. ގައްދޫގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ ކޮންމެ ރަށަކުންވެސް އަޑު އިވިގެންދަނީ މުވައްޒަފުންނަށް މިސަރުކާރުން ބިރު ދައްކާ ވާހަކަ ކަމަށާއި ސަރުކާރުން އިސްވެ ރާއްޖޭގެ ދުސްތޫރީ ނިޒާމް ހަލާކުކޮށް، ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން އަޅުވެތިކޮށްފައިވާ ވާހަކަ ކަމަށެވެ.

"މި ސަރުކާރު ގެނައީ ގިނަ ބަޔަކު މަސައްކަތްކޮށްގެން. ސަރުކާރުގެ ވަކި ހިސާބަކުން އެ ހުރިހާ އެންމެން ދިޔައީ. އެހެން ކަމަށްވާ ނަމަ ސަރުކާރުގެ ގޮނޑި ނުގެއްލޭނެތޯ؟ މިކަމާއި ސުވާލު އުފެދޭ،" ޝިދާތާ ވިދާޅުވިއެވެ.

ކޯޓު ތަކުގައި ތިއްބަވާ ފަނޑިޔާރުންނަށް އިޝާރާތްކުރައްވާ ޝިދާތާ ވިދާޅުވީ ފޮތުގައި އޮތް ވާހަކަ ފަނޑިޔާރުންނަށް ނޭނގެނީ، ނުވަތަ އެނގި ތިބެ ލޯމަރާލަނީތޯ މިއީ އުފެދޭ ސުވާލެއް ކަމަށާއި މިއަދުވެސް ވުޖޫދުގައި އޮތް ވާހަކައެއް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުންދަނީ ޤާނޫނު އަސާސީގައި ލިޔެފައި އޮތް އެއްޗެއް ނުކިޔައި ތިއްބަވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ނިޒާމު އަލުން ބައްޓަންކޮށް ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް، ހޯދައިދީ އަދި ރައްޔިތުންގެ ހަޤީޤީ ބާރު އެރައްޔިތުންނަށް ލިބިދޭ ވެރިކަމެއް މިގައުމަށް ގެންނާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.  

 

ސަރުކާރުގައި ތިބި މަދު ބަޔަކީ ރައްޔިތުންނަށް އިހްލާސްތެރި ބައެއް ނޫން ކަމަށް ވިދާޅުވަމުން އެފަރާތްތައް އެގޮނޑިތަކުން ބޭރު ކުރާ އުސޫލުން ރައީސް ޔާމިންވެސް އެމަޤާމުން ދުރުކުރާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.  

- ކޮމެންޓް
16 ޖުލައި 2017 | އާދީއްތަ 08:12
ހުސެން
މަލާމާތްކުރެވޭމީހުން މަލާމާތްވެސްކުރާނި ތިޔާރައިސްޔާމީނެކިޔާފައަގަހުޅުވާލަންކާކުތަ (ކަޅުއަންހެނާ)