ކ. މާލެ
|
28 ޖުލައި 2023 | ހުކުރު 15:55
ޑޭވިޑް ސިލްވާ
ޑޭވިޑް ސިލްވާ
ގޫގުލް
ޑޭވިޑް ސިލްވާ
ސިޓީގެ ލެޖެންޑު ޑޭވިޑް ސިލްވާ ރިޓަޔާކޮށްފި
 
އޭނާ ވަނީ ސިޓީއަށް 436 މެޗު ކުޅެދީ، 77 ލަނޑު ޖަހާފަ

މެންޗެސްޓަރ ސިޓީގެ ކުރީގެ ޕްލޭމޭކަރު ޑޭވިޑް ސިލްވާ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފި އެވެ.

އުމުރުން 37 އަހަރުގެ ސްޕެއިންގެ މޮޅު ކުޅުންތެރިޔާ ސިޓީގައި ކާމިޔާބު ދިހަ އަހަރު ހޭދަކުރިއިރު، 2020 ވަނަ އަހަރު ރެއާލް ސޮސިއެޑާޑާ ގުޅުމުގެ ކުރިން އޭނާ ވަނީ ޕްރިމިއާ ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ.

ޕްރީ ސީޒަންގައި ސިލްވާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން އޭނާ ވަނީ އޭނާގެ 19 އަހަރުގެ ކުޅުމުގެ ކެރިއަރު ހުއްޓާލަން ނިންމާފައެވެ. 2010 ވަނަ އަހަރު ވެލެންސިއާ އިން ސިޓީއަށް ބަދަލުވުމަށްފަހު އޭނާ ވަނީ ސިޓީއަށް 436 މެޗު ކުޅެދީ، 77 ލަނޑު ޖަހާފައެވެ.

ޕްރިމިއަރ ލީގުގެ ހަތަރު ތަށީގެ އިތުރުން އޭނާ ވަނީ ސިޓީ އާއެކު ދެ އެފްއޭ ކަޕާއި ފަސް ލީގު ކަޕު ކާމިޔާބުކޮށްފައެވެ. ސިޓީ އިން ވަނީ ސިލްވާއަށް ޝުކުރު އަދާކޮށް، ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.

ސްޕެއިންގެ ގައުމީ ޓީމާއެކު އޭނާ ވަނީ 2008 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 125 މެޗުން 35 ލަނޑު ޖަހާފައެވެ. ސްޕެއިންގެ ގައުމީ ޓީމުންވެސް ވަނީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ.

2021 ވަނަ އަހަރު ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގެ ބޭރުގައި އަގުއޭރޯ އާއި ކޮމްޕެނީގެ އިތުރުން ސިލްވާގެ ސްޓެޗޫއެއް ވަނީ ހަދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް